ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން "ސަޅި 2 ވީކްސް" އަދި "ސަޅި މަންތުލީ"ގެ ނަމުގައި ދެ ޕްލޭނެއް ކަސްޓަމަރުންނަށް ނެގޭނެ އެވެ.

މިގޮތުން "ސަޅި 2 ވީކްސް" ޕްލޭންއިން ކަސްޓަމަރުންނަށް ދެ ހަފްތާއަށް 4 ޖީބީ ޑެއިލީ ޑޭޓާ އެންމެ 265 ރުފިޔާއަށް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި "ސަޅި މަންތުލީ" ޕްލޭންއިން ހަމައެކަނި 495 ރުފިޔާއަށް 150 ޖީބީ ޑޭޓާ އެއް މަހަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި މި ދެ ޕްލޭނުން ކުރެ ކޮންމެ ޕްލޭނަކުން ވެސް ކަސްޓަމަރުންނަށް ހުރިހާ ދިރާގު ނަމްބަރުތަކަށް އަންލިމިޓެޑްކޮށް ގުޅާލެވޭނެ އެވެ. އަދި އެއް އެކްޓިވޭޝަނުން އިތުރު ޑޭޓާ ލިބުމުގެ ފުރުޞަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް "ސަޅި 2 ވީކްސް" އަށް ނަމަ "S1GB14" ނުވަތަ "ސަޅި މަންތުލީ" އަށް ނަމަ "S1GB30" ޖަހާފައި އެސްއެމްއެސް ކޮށްލައިގެން ވެސް މި އެޑް-އޮން ނެގޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.