އުރީދޫ މޯލްޑިވްސް އިން ސ. ހިތަދޫގައި ގާއިމް ކުރެވިފައިވާ ހެދި އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރީމިއާ ލައުންޖް އަލުން އަޕްގްރޭޑްކޮށް ކަސްޓަމަރުންނަށް މިއަދު ހުޅުވައިލައިފި އެވެ.

އުރީދޫގެ އައު ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" ގެ ދަށުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް އެ ބަދަލު ގެނައީ އައްޑު އަތޮޅުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުރީދޫ ކަސްޓަމާ ބޭސްއަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހިތަދޫ ލިންކް ރޯޑްގައި ގާއިމްކުރެވިފައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރ (އޯއީސީ) ފަރުމާކުރެވިފައިވަނީ، އުރީދޫއިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތައް، ހިތަދޫގައި އިތުރުވަމުންދާ އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިވާނެ ގޮތަށެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހިތަދޫ އޯއީސީ އާއި ކްލަބް ޕްރިމިއާ ލައުންޖް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ގެ އިތުރުން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް އަދި ހެޑް އޮފް ކަސްޓަމާ ކެއާގެ ދިޔާނާ އަފީފް އެވެ.

އުރީދޫގައި އައްޑޫގައި ހެދި އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރިމިއާ ލައުންޖް. ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް ސީއީއޯ، ޙާލިދް އަލް-ހަމާދީ ވިދާޅުވީ ކަސްޓަމަރުންގެ އިތުރުވަމުން އަންނަ ބޭނުންތަކާއި އެއްގޮތަށް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ހިތަދޫ އެކްސްޕީރިއަންސް ސެންޓަރު އަދި ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ ލައުންޖަކާއެކު، އަޕްގްރޭޑް ކޮށް އަލުން ހުޅުވާކަމީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޑިޖިޓަލް ސެލްފް ސަރވިސް ޕޯޓަލްތަކުގެ އިތުރުން، އަޅުގަނޑުމެންގެ ހުރިހާ ޓަޗްޕޮއިންޓްތަކެއްގައި ވެސް ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދިޔުމަށް އަޅުގަނޑުމެން އަބަދުވެސް ޙާއްސަ އަހައްމިޔަތުކަމެއްދެން. އެގޮތުން މި ގެނެވުނު ބަދަލާއެކު އަޅުގަނޑުމެންގެ އުއްމީދަކީ އުރީދޫ ޙިދުމަތްތައް ލިބިގަތުމުގައި އައްޑޫ ސިޓީގެ ކަސްޓަމަރުން އިތުރު ފަސޭހައެއް ލިބިގެންދިއުން. އަޅުގަނޑުމެންގެ ބްރޭންޑް ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއި އެއްގޮތައް ކަސްޓަމަރުން އަޅުގަނޑުމެންނާ އެކު ކުރެވޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.

އުރީދޫގައި އައްޑޫގައި ހެދި އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރިމިއާ ލައުންޖް ހުޅުވުމަށްފަހު އުރީދޫގެ ސީއީއޯ ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: އުރީދޫ

މާލެއެކޭ އެއްފަދައިން މިއަދު ހިތަދޫގައި ހުޅުވުނު އައު އޯއީސީއަކީ ކަސްޓަމަރުންނަށް ހޫނު މަރުހަބާއެއް ކިޔޭ ފަދަ މާހައުލެއްގައި، ތަފާތު އެކި އުފެއްދުންތަކާއި ޚިދުމަތްތައް، އަވަސް އަދި ފަސޭހަގޮތެއްގައި އުރީދޫ އިން ފޯރުކޮށްދެ އެވެ. ހަމައެއާއި އެކު، ހިަތދޫ އޯއީސީގައިވެސް އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނުފަދަ އުރީދޫ އިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް، ތަޖުރިބާ ކުރުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި ލިބިގެންދާނެ އެވެ.

ހަމައެއާ އެކު، ހިތަދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ ޕްރީމިއަމް ލައުންޖެއް ވެސް ވަނީ ގާއިމްކުރެވިފަ އެވެ.

އުރީދޫގައި އައްޑޫގައި ހެދި އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރިމިއާ ލައުންޖްގައި ކަސްޓަމަރަކަށް ހިދުމަތް ދެނީ. ފޮޓޯ: އުރީދޫ

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތްތަކުގެ އިތުރުން، ކްލަބް ޕްރިމިއާ ލައުންޖަށް ވެންނެވުމާއެކު، ހިތްގައިމު މާހައުލެއްގައި އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެ އެވެ.

އެހެނިހެން އޯއީސީތަކާއި އެއްފަދައިން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، ހެނދުނު ނުވަގަޑި ސުންމިނިޓުން ފެށިގެން، ހަވީރު ހަތަރެއްގެ ނިޔަލަށް ޚިދުމަތްލިބޭނެއެވެ. އުރީދޫ އެކްސްޕީރިއަސް ސެންޓަރުތަކުގެ އިތުރުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާ އުރީދޫގެ ބިޒްނަސް ޕާޓްނާ ފިހާރަތަކުންނާއި، ސޭލްސް ޕާޓްނާ ފިހާރަތަކުން، އުރީދޫގެ ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެ އެވެ.