ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ވިލާ ސިމެންތީގެ އަގު ހެޔޮކޮށްފި އެވެ.

ވިލާ ހަކަތައިން ބުނީ ވިލާ ސިމެންތީގެ އަގު ހެޔޮކޮށްފައި ވަނީ، ސިމެންތި އިމްޕޯޓްކުރުމަށްޓަކައި ސިމެންތި އުފުލުމަށް ހާއްސަ "ސިމެންތި ނިއުލެޓިކް ކެރިއާ"އެއް ދިގު މުއްދަތަކަށް ޗާޓާ ކޮށްފައިވާތީ ކަމަށެވެ.

"1،2000 ޓަނުގެ ބޯޓުގެ ދަތުރުތައް މިހާރު ވަނީ ފެށިފައި. އަދި އޮޕަރޭޝަނަށް ކުރިއަށްވުރެ ހުސްވުމެއް ނެތި ސިމެންތި ގެނައުމަށް ބޯޓުގެ ސަބަބުން އެހީތެރިވެދޭނެ،" އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.

އެއާއެކު ވިލާ ސިމެންތި ވިއްކަމުން އައި ރީޓެއިލް އަދި ހޯލްސޭލް އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ.

https://www.instagram.com/p/CevwI-4Jy_A/

ވިލާ ސިމެންތި ކޮލެޓީ ވުމުގެ އިތުރުން، ވިލާ ސިމެންތި ޕެކް ކުރުމަށް ބޭނުން ކުރެވޭ ކޮތަޅަކީ ރާއްޖޭގެ މޫސުމަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ، ފެނާ އުދާހުން އެތެރޭގައި ހުންނަ ސިމެންތި ރައްކާތެރިކޮށްދޭ ކޮތަޅެކެވެ. އަދި އެހެން ސިމެންތި ބްރޭންޑްތަކާއި ހިލާފަށް މި ޕެކިންގެ ސަބަބުން ސިމެންތި ގަނޑުވުން ސަލާމަތްކޮށްދޭނެ ކަމަށް ވެސް ވިލާ ހަކަތައިން ބުނެ އެވެ.

ވިލާ ހަކަތައިން ސިމެންތި އޯޑަރު ކުރުމަށް ގުޅާނީ 3327811، 7236464 އަށެވެ. ނޫނީ [email protected] އަށް މެއިލް ކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ. އެ ކުންފުނިން ދަނީ މާލެ އަދި ހުޅުމާލެ އާއި ތިލަފުއްޓަށް ސިމެންތި ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ދެމުންނެވެ.

ވިލާ ހަކަތައިން ސިމެންތި ބަންދު ކުރާ ބޮޑު ކާރުހާނާ އެއް ތިލަފުށީގައި ހިންގާއިރު، އެތަނުން ޕެކްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ވިލާ ސިމެންތިއަކީ ރާއްޖެއިން ލިބެން ހުންނަ އެހެން ސިމެންތި އާ އަޅާކިޔާއިރު ގިނަ ދުވަހަށް ބޭނުން ކުރެވޭ ސިމެންތި ބްރޭންޑެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.