މަންޓާ އެއާއިން ކުރިއަށް ގެންދާ ކެބިން ކްރޫން ތަމްރީންކުރުމުގެ ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަންޓާ އެއާއިން ބުނީ ހަ ހަފުތާގެ ނިޔަލަށް ކުރިއަށް ގެންދާ މިތަމްރީން ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ވެފައި، ޖީސީ އޯލެވެލްގެ ތިން މާއްދާއިން މަދުވެގެން "ސީ" ފާސް ލިބިފައިވާ މީހުންނަށެވެ. އަދި އެއްވެސް އެހީއަކާ ނުލާ 50 މީޓަރަށް ފެތުމުގެ ގާބިލުކަން ހުރުމާއެކު އިނގިރޭސިންނާއި ދިވެހިން ފަރިތަކޮށް ލިޔަން ކިޔަން ދަންނަން ޖެހޭނެ ކަމަށް ވެސް މަންޓާ އެއާ އިން ބުންޏެވެ.

މަންޓާ އިން ބުނީ 25 ފަރާތްތަކަށް ފުރުސަތު ލިބިގެންދާ މިތަމްރީނު ޕްރޮގުރާމް ފުރިހަމަކުރާ ބައިވެރިންނަށް އެ އެއާލައިނުން ވަޒީފާ ހަމަޖެހޭނެ ކަމަށެވެ. މި ތަމްރީނު ޕްރޮގްރާމަކީ ސްޕޮންސާ ކޮށްފައިވާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ނަމަ، [email protected] އަށް މެއިލް ފޮނުވައިގެން ނުވަތަ 7997278 އަށް ގުޅައިގެން އެޕްލައި ކުރެވޭނެ އެވެ.