އަލިފާނުގެ ހާދިސާއަކުން ސަލާމަތްވާނެ ގޮތުގެ ފަޔާ ސޭފްޓީ ޑްރިލްއެއް އެމްޕީއެލްއިން ކުރިއަށް ގެންގޮސްފި އެވެ.

އެމްޕީއެލްއިން ބުނީ މިޑްރިލްއަކީ އެކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މިޑްރިލް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ މެންދުރު ފަހު 3:00 އިން އިރުއޮއްސި 6:00 އަށް މާލެ ވިޔަފާރި ބަނދަރުގައި އެވެ.

އެމްޕީއެލުން ބުނީ އާބާދީ ބޮޑު މާލޭގެ ވިޔަފާރި ބަނދަރު، މީހުން ދިރިއުޅޭ ސަރަހައްދާ ކައިރިވުމުން އެ ކުންފުނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް ހަރުދަނާ ވާންޖެހޭނެ ކަމަށެވެ.

އަލިފާނުގެ ހާދިސާ ފަދަ ކަންކަމުން ރައްކާތެރިވެތިބުމަށާއި އެފަދަ ކަމެއް ހިނގައިފިނަމަ ކަންކުރާނެ ގޮތުގެ ޑްރިލްތަކާއި ތަމްރީނުތައް ކުރިމަގުގައި އަބަދުވެސް ކުރިއަށް ގެންދާނެކަމަށް އެމްޕީއެލްއިން ހާމަކުރެ އެވެ.

މާލެ ވިޔަފާރި ބަނދަރާ އެ ކުންފުނިން ބަލަހައްޓާ ހުރިހާ ޕޯޓެއްގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އެމްޕީއެލުން ވަނީ ދީފަ އެވެ.