Advertisement

ރައްކާތެރިކަމާއެކު ޑެލިވަރީގެ ހިދުމަތް ދިނުމުގައި ލިލީ އިންޓަނޭޝަނަލް

FacebookTwitterWhatsAppTelegramViber

ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މި ދަތިއުނދަގޫ ދަނޑިވަޅުގައި އެންމެ ޒަރޫރީ ބޭނުމަކަށް ވެފައި މިވަނީ ދުވަހުން ދުވަހަށް ހޯދަންޖެހޭ ކާބޯތަކެތި ހޯދުމާއި މި ތަކެތި އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. ހާއްސަކޮށް، މި ހައްސާސް ދަނޑިވަޅާ ބަރަކާތްތެރި ރޯދަމަހާ ދިމާވުމަކީ މި ދަތިކަން އިތުރަށް ތަހައްމަލްކުރަން މެދުވެރިވި ސަބަބެކެވެ.

މި ޒަރޫރީ ބޭނުން ފިލުވައިދިނުމުގައި، ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން އަންނަނީ ވަރަށް ބޮޑު ދައުރެއް އަދާކުރަމުންނެވެ. އޭގެ ތެރެއިން ވެސް، ލިލީ އިންޓަނޭޝަނަލް ފާހަގަކޮށްލެވެ އެވެ.

ރާއްޖެ އަށް ފުޅާދާއިރާއެއްގައި ކާބޯތަކެތި އެތެރެކޮށް ވިއްކާ ލިލީ އިންޓަނޭޝަނަލް އިން ދަނީ މި ދަތިއުދަގޫ ވަގުތުގައި ވެސް ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ލިލީ އިންޓަނޭޝަނަލް އިން އަންނަނީ، ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ އޯޑަރެއް، ވީ އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނާ ހިސާބަށް ގެންގޮސްދެމުންނެވެ.

ލީލީ އިންޓަނޭޝަނަލް އިން ބުނާ ގޮތުގައި، އެ ފަރާތުން ބައެއް ވިޔަފާރިތަކަށް ހަމަ އަގުގައި މުދާފޯރުކޮށްދިން ނަމަވެސް، ބައެއް ފިހާރަތަކުން މާ ބޮޑު އަގެއްގައި ބައެއް މުދާ ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. މިގޮތަށް އަމަލު ނުކުރުމަށް ލިލީ އިންޓަނޭޝަނަލް އިން ވަރަށް ބޮޑަށް އެދެ އެވެ.

ކަސްޓަމަރުންގެ އޯޑަރުތައް އެކި ފަރާތްތަކަށް ރައްދުކޮށްދިނުމުގައި ލިލީ އިންޓަނޭޝަނަލްގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ހަރަކަތްތެރިވަމުންނެވެ. މި ފަރާތްތަކުން މަސައްކަތްކުރަނީ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރަށް، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަން ވެސް ކަށަވަރުކޮށްދެވޭނެ ފަދަ ގޮތަކަށެވެ.

ލިލީ އިންޓަނޭޝަނަލްގެ އެއްވެސް މުވައްޒަފަކަށް މިހާތަނަށް ކޮވިޑް-19 ގެ އަސަރެއް ކޮށްފައެއް ނުވެ އެވެ. ކޮވިޑް-19 ޖެހުނު ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ މުވައްޒަފުންތަކަކީ ލިލީ އިންޓަނޭޝަނަލްގައި މަސައްކަތްކުރާ ބައެއް ނޫނެވެ. އެއީ، ލިލީ އެންޓަޕްރައިސަސް ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ލިލީ އިންޓަނޭޝަނަލް އަދި ލިލީ އެފްއެންޑްބީ އާއި ލިލީ އެންޓަޕްރައިސަސް އަދި ލިލީ ސްޓޯރަކީ މުޅިން ވަކިން، ދެ މެނޭޖްމަންޓަކުން ހިންގަމުން އަންނަ ދެ ކުންފުންޏެވެ.

"އެންމެ ފަހުމީހާއާ ޖެހެންދެން، މުދާ ހުރިވަރަކުން އޯޑަރުތައް ނެގުމާއި ފޯރުކޮށްދިނުމުގައި ދެމިތިބޭނަން،" ލިލީ އިންޓަނޭޝަނަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މީގެ 20 އަހަރު ކުރިން، 2000 ވަނަ އަހަރު އުފެއްދި ލިލީ އިންޓަނޭޝަނަލް އަކީ ބޭރުގެ ނަން މަޝްހޫރު ގިނަ ބްރޭންޑްތަކެއް ރާއްޖެ އެތެރެކޮށް ވިއްކާ ކުންފުންޏެކެވެ. އޭގެ ތެރޭގައި، ކާބޯތަކެތި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ސުވިޒަލެންޑްގެ ނެސްލޭގެ އުފެއްދުންތައް ވެސް ހިމެނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top