Advertisement

ޗައިނާގެ 'އެންޓި-ވައިރަސް' ކާރަކީ މަކަރެއް ބާ؟

FacebookTwitterWhatsAppTelegramViber

މިހާރު އޮތް ޞިއްޙީ ކަންބޮޑުވުންތަކާ ގުޅިގެން، ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުން އެންޓި-ވައިރަސް އަށް ތައްޔާރުކޮށްފައިވާ ކާރުތަކެއް ލޯންޗުކޮށްފި އެވެ.

'ފޭސް މާސްކު'ން ލިބޭ ވަރުގެ ރައްކާތެރިކަން މި އާ މޮޑެލްތަކުގެ ކާރުތަކުން ފޯރުކޮދިނުމަށް އުފައްދާ ކުންފުނިތަކުން ވަނީ އަމާޒުހިފާފައެވެ.

ގީލީ ފަދަ ޗައިނާ ގެ އެންމެ ބޮޑު ކާރު އުފައްދާ ކުންފުނިތަކުން ވަނީ މި ސިފަތަކާ އެކު ހުރި ކާރުތައް ލޯންޗުކޮށްފަ އެވެ.

މުޅި ޤައުމު ގައި އޮތް ކޮރޯނާވައިރަސް ލޮކްޑައުން ގެ ތެރޭގައި މި އަހަރުގެ ފުރަތަމަ ކުއާޓަރު ގައި ޗައިނާ ގައި ކާރު ވިކުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މިގޮތަށް އެންޓި-ވައިރަސް ސިފަތަކާ އެކު ކާރެއް ލޯންޗުކުރި އެއް ކުންފުންޏަކި، ގީލީ އެވެ. މީގެ ކުރިން ބޮޑެތި ޝަހަރުތަކުގައި ވައިގެ ތަޢައްޔަރުވުން ބޮޑުވުމާ ހެދި އުފައްދާ ކާރުތައް އެކަމަށް ރިޢާޔަތްކޮށް ފަރުމާކޮށްފަ އެވެ.

މިގޮތަށް ކާރު އުފައްދާ އިރު، ސަމާލުކަންދެނީ ގެއްލުންހުރި މާއްދާތަކުން ޑުރައިވަރުންނާއި ފަސިންޖަރުން ރައްކާތެރިކޮށްދިނުމެވެ.

ކާރުގެ ކޮންޓްރޯލްތަކާއި، ދޮރުގެ އަތްގަޑުތައް ބެކްޓީރިޔާ އާއި، ވައިރަސްތަކުން ސަލާމަތްކުރުމަށްޓަކައި، 'އެންޓި-ބެކްޓީރިއަލް' އާލާތްތައް ގީލީ އިން ދަނީ އުފައްދަމުންނެވެ.

ގީލީން ހާމަކުރި ގޮތުގައި، ޑުރައިވަރުންނާއި، ފަސިންޖަރުން ގެ ރައްކާތެރިކަމަށް ޓަކައި، ކާރުތައް އެ ގޮތަށް ފަރުމާކުރުމަކީ، އެ ކުންފުނީގެ ދުރު މުސްތަޤްބަލުގެ އެންމެ ބޮޑު ލަނޑުދަނޑި އެވެ.

މުވައްޒަފުންނާއި، ކަސްޓަމަރުންނާ ގައިގޯޅިވުން ދުރުކުރުމުގެ މަޤްޞަދު ގައި އަލަށް ގަންނަ ކާރުތައް ޑެލިވަރކުރުމުގައި ގީލީން ކާރުގެ ތަޅުދަނޑި ޙަވާލުކުރާނީ ޑުރޯނުން ކަސްޓަމަރުންގެ ގޭގެ ބޭރު ދޮރާ ހަމައަށް ނުވަތަ ބެލްކަންޏަށެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު އެމްޖީ ބްރޭންޑުގެ ކާރު ގެވެރި ކުންފުނި ކަމުގައިވާ ސައިކް އިން އެމީހުން އުފައްދާ ކާރުތަކުގައި އެންޓި-ވައިރަސް ސިފައެއްގެ ގޮތުގައި، ހަދާފައިވާ ގޮތަކީ، ކާރުގެ އެއަރކޮންޑިޝަންގެ ތެރެއިން ނުކުންނަ ވައިން ވައިރަސް ނައްތާލުމަށްޓަކައި، އަލްޓްރާވައިލެޓް ބޮތްކެކެވެ.

ވާދަވެރި ގުއަންޒޫ އޮޓޮމެޓިކް ކުންފުނިން އުފައްދާ ގެކް މޮޑެލްގެ ކާރުތަކުގައި ހަރުކުރި އެންޓި-ވައިރަސް އާލާތަކީ، ތިން ލެވެލްގެ 'އެއަރ ފިލްޓަރ' ސިސްޓަމެކެވެ.

ދިރާސާކުރާ ކުންފުންޏެއް ކަމުގައިވާ ފްރޮސްޓް އެންޑް ސުލިވަން އިން ދެކޭގޮތުގައި، ކާރުތަކުގައި ހިމަނާ މި އާ ސިފަތަކަކީ، މަކަރަކަށް ވުރެ ބޮޑުވަރެކެވެ.

އެކަމަކު، ޗައިނާ މާކެޓް ރިސާޗް ގްރޫޕް ގެ މެނޭޖިންގ ޑިރެކްޓަރ ޝައުން ރީން އެއްބަހެއް ނޫނެވެ. އޭނާ ވިދާޅުވާ ގޮތުގައި، ކުންފުނިތަކުން ދަނީ ކޮވިޑް-19 އާ މެދު އޮތް ބިރުވެރިކަމުގެ ނާޖާޒާއިޒު ފައިދާ ނެގުމަށް މަސައްކަތްކޮށްގެން ކާރުތަކާއި އެކި ޚިދުމަތްތައް ކޮންސިއުމަރުންނަށް ވިއްކުމަށެވެ.

މިދިޔަ މަހުގެ ކުރީކޮޅު ނިޕޯން ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މަތީ ފަށަލަތަކުގައި ހުންނަ ވައިރަސްތައް ގަޔަށް އެރުން ހުއްޓުވުމަށްޓަކައި، އެންޓިވައިރަސް 'ކޯޓިން'އެއް އުފައްދާފައެވެ.

ވައިރަސްގާޑް ދަވާދެއް އުފައްދާފައިވާ ކަމަށް ޖަޕާނުގެ ކުންފުންޏަކުން ވެސް ވަނީ ހާމަކޮށްފަ އެވެ.

ތަޖްރިބާކާރުން ދެކޭގޮތުގައި، ކޮވިޑް-19 ގެ ކުން އޮތް ވަރަށް ކާރު ވިކުން އަނބުރާ އިޢާދަވާން ގާތްގަޑަކަށް ތިން އަހަރު ނަގާނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top