އެމްޑަބްލިއުއެސްސީން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ސޭވް ވޯޓާ ކެމްޕެއިންގެ ދަށުން "ވޯޓާ ހީރޯސް"ގެ ކޮމިކް ފޮތް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީން ކޮންމެ އަހަރަކުވެސް އަންނަނީ ސޭވް ވޯޓާ ކެމްޕޭނުގެ ދަށުން ތަފާތު ހަރަކާތެއް ހިންގަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު ފެނިގެން 2011 ވަނަ އަހަރާ ހަމައަށް ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސޭވް ވޯޓާ ކެމްޕޭނުގެ ދަށުން "ވޯޓާ ހީރޯސް" ނަމުގައި ޓީވީސީތަކެއް ނެރެފަ އެވެ.

މި ޓީވީސީތަކަށް ކުޑަކުދިންގެ މެދުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބިގެން ދިޔަ އެވެ.

މިއަހަރު އެމްޑަބްލިޔުއެސްސީއިން އަންނަނީ "ވޯޓާ ހީރޯސް" ނަމުގައި ކޮމިކް ފޮތެއް ނެރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކުންފުނިން މިހާރު ވަނީ ކޮމިކް ފޮތް ތައްޔާރު ކުރުމަށް، އެކަމަށް ގާބިލް ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

https://www.facebook.com/mwsc.mv/videos/2068987433206138/

ކޮމިކް ފޮތް ތައްޔާރު ކުރާނެ ފަރާތެއް ހޯދަނީ ޑިވޮލޮޕް ކޮންޓެންޓް، ޑިޒައިން، އިލުސްޓްރޭޓް އަދި ޕްރޮޑަކްޝަން އުސޫލުންނެވެ.

އެ ފޮތް ތައްޔާރުކުރަން ހޮވޭ ކޮންޓްރެކްޓަރަކު މަސައްކަތް ކުރަން ޖެހޭނީ އެމްޑަބްލިއުއެސްސީގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ޓީމާއެކު އެވެ.

ކޮމިކް ފޮތް ތައްޔާރުކުރުމަށް ޕްރޮޕޯސަލް ހުށަހެޅަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމާއި، ހުޅުވުން އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.