ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ކުރީކޮޅު އިއުލާން ކުރި ހައުސިން ގްރާންޓް ލިބޭ ފަރާތްތައް މިއަދު އިއުލާންކޮށްފި އެވެ.

ބޭންކުގެ ހައުސިން ގްރާންޓަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތބި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅުމަށް ގެ އިމާރާތްކޮށް ފަރުނީޗަރު ހޯދައިދެވޭނެ އެވެ.

މި ފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތައް ފާހަނގަކޮށް މި ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވުނީ ޖަމިއްޔާތަކާއި ކައުންސިލްތަކަށެވެ. އެގޮތުން ލިބުނު ހުށަހެޅުންތައް ވަޒަންކުރުމަށް ފަހު ހައުސިން ގްރާންޓް ލިބޭ ފަރާތްތައް މިވަނީ ހޮވާފަ އެވެ.

ހައުސިން ގްރާންޓް ލިބޭ ފަރާތްތަކަކީ:

  • ސުކޫން، ށ. ފުނަދޫ. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ޔުނިޓީ ސްޕޯޓްސް އެކަޑަމީ އިން
  • އިޝާ، ނ. ވެލިދޫ. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ވެލިދޫ ފިއުޗާ ފައުންޑޭޝަން އިން
  • ސަންހިޔާ، އދ. މާމިގިލި. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ފެލްކޮން ޔޫތު އެންޑް ރެކްރިއޭޝަން އިން

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީން ވިދާޅުވީ ހައުސިން ގްރާންޓް ފަދަ ޕްރޮޖެކްޓްތަކުގެ އެހީގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ސްޓްރެޓަޖީގެ ބޮޑު އަމާޒެއް ކަމަށެވެ.

ބީއެމްއެލްގެ އުއްމީދަކީ މިހައުސިންގ ޕްރޮޖެކްޓްތަކަށް ފޯރުކޮށްދޭ މާލީ އެހީގެ ސަބަބުން އާއިލާތަކުގެ ދިރިއުޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ ބަދަލެއް އައުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ހައުސިން ގްރާންޓް ޕްރޮގްރާމްއަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން 4 ވަނަ ހަރަކާތެވެ.