Advertisement

ފިނޭންސް މިނިސްޓާ އިބްރާހީމް އަމީރު

20،000ރ. އިން މަތީގެ މުސާރަތައް ކުޑަކޮށް މަހަކު 15 މިލިއަން ސަލާމަތް ކުރަނީ

FacebookTwitterWhatsAppTelegramViber

ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް އަނެއްކާވެސް ބަދަލުގެނެސްފި އެވެ.

އެންއޯއައިސީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، މީގެ ކުރިން ޑެޕިއުޓީ މިނިސްޓަރުން ފެށިގެން މަތީގެ މުސާރަތަކުގެ 20 ޕަސެންޓް ކުޑަކޮށްފައި ވީ ނަމަވެސް ސަރުކާރަށް ކުރާނެ އަސަރު އިތުރަށް ބޮޑުވެދާނެތީ އެހެން ބައެއް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، 20،000-25،000ރ. އާ ދެމެދު މުސާރައިން 25 އިންސައްތަ، 25،000-60،000ރ އާ ދެމެދުގެ މުސާރަތަކުން 30 އިންސައްތަ އަދި 60،000ރ. އިން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކަނޑާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. މީގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ އޮފީސްތަކުގެ ޕާމަނަންޓް ސެކެޓްރީންނާއި ކޮންސަލްޓަންޓުންނާއި ކޮންޓްރެކްޓް މުވައްޒަފުންގެ އިތުރުން، މިނިވަން މުއައްސަސާތަކާއި ދައުލަތުގެ އެހެނިހެން އިދާރާތަކުގެ މުވައްޒަފުންނެވެ.

އަދި ކުންފުނިތަކުގެ އެމްޑީންނާއި، ޑެޕިއުޓީ އެމްޑީންގެ އިތުރުން، ކުންފުނިތަކުގެ ހުރިހާ މުވައްޒަފުންގެ ބޭސިކް މުސާރައިން 25 ޕަސެންޓް ކަނޑާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ. އަދި މުވައްޒަފުންނަށް ދޫކުރަމުން އަންނަ ބޮޑު އެލަވަންސް ވެސް މިހާރު ވަނީ އުނިކޮށްފަ އެވެ. އެއީ މަހަކު 11،000 ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު މި ގެނައި ބަދަލުން ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އަސަރު ކުރާނީ، ބޮޑެތި މުސާރަ ލިބޭ ޕާމަނަންޓް ސެކެޓްރީންނާއި ކޮންޓްރެކްޓް މުވައްޒަފުން ފަދަ ވަރަށް މަދު މުވައްޒަފުންނަށް ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އަންދާޒާ ހިސާބުތަކުން ގާތްގަޑަކަށް މަހެއްގެ މައްޗަށް 15 މިލިއަން ރުފިޔާ، މުސާރަ އަށް ގެންނަ ބަދަލުން ސަލާމަތް ވާނެ ކަމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top