މި އަހަރުގެ މިހާތަނަށް އާ ތިން ރިސޯޓު ހުޅުވައި 1،166 އެނދު އަލަށް މާކެޓަށް ނެރެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރައްވާގޮތުގައި މިއަހަރު އިތުރު އާ 10 ރިސޯޓު ހުޅުވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އަންނަނީ މިހާރު ނުހުޅުވި ގިނަ ދުވަސްވެފައިވާ ރިސޯޓުތައް ވެސް އަވަހަށް ހުޅުވުމަށް މަގުފަހިކޮށްދެމުންނެވެ.

މި އަހަރުގެ މިހާތަނަށް އަލަށް ހުޅުވާފައިވާ ރިސޯޓުތައް

  1. އަލީލާ ކޮތައިފަރު މޯލްޑިވްސް – 160 އެނދު
  2. އާނުގަނޑު އައިލެންޑު ރިސޯޓު – 768 އެނދު
  3. ހިލްޓަން އަމިންގިރި ރިސޯޓު އެންޑު ސްޕާ – 238 އެނދު

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި 164 ރިސޯޓެއް އަންނަނީ އޮޕްރޭޓް ކުރަމުންނެވެ. އެއީ 40،053 އެނދެވެ.

ރާއްޖޭގައި ހިނގުމަށް ޖުމްލަ 170 ރިސޯޓު ރަޖިސްޓްރީކޮށްފައިވެ އެވެ. މި އީ 41،175 އެނދެވެ.