އުރީދޫން އެންމެ ފަހުގެ އައިފޯން، އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް ޕްރީއޯޑަ މޫލީ މެދުވެރިކޮށް ހުޅުވާލައިފި އެވެ.

އުރީދޫ އިން، ބުނީ އެޕަލްގެ މިހާތަނަށް އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ އާއިއެކު އުފައްދައިފާވައި އައިފޯން ލައިންއަޕް - އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް މޫލީ މެދުވެރިކޮށް ޕްރީ އޯޑާއަށް ހުޅުވާލާފައިވާ ކަމަށެވެ.

މިއަދުން ފެށިގެން އައިފޯންގެ ދެ މޮޑެލް އަށްވެސް މޫލީ މެދުވެރިކޮށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. ޕްރީ އޯޑާ ކަސްޓަމަރުންނަށް، އޯޑާކުރި އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް 23 ސެޕްޓެމްބަރު އިން ފެށިގެން ލިބެން ފަށާނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.

އަގުގެ ތަފްސީލާއި އިތުރު މައުލޫމާތު ހޯއްދެއްވުމަށް އަދި ޕްރީއޯޑަރ ކޮށްލުމަށް http://ore.do/iphone ޒިޔާރާތްކޮށްލައްވާށެވެ.