ދުނިޔޭގައި މިއަދު ފާހަގަ ކުރާ "އީޓް އެން އެޕަލް ޑޭ" ފާހަގަ ކުރުމުގެ ގޮތުން އެސްޓިއޯއިން އާފަލު ބަހައިފި އެވެ.

އެސްޓީއޯއިން ބުނީ މިދުވަސް އެކުންފުނިން ފާހަގަ ކުރުމަށް ނިންމީ ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ވަނީ އެސްޓީއޯ ޕާކްގައި އާފަލު ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

އެސްޓީއޯ ޕާކަކީ އެސްޓީއޯ ހެޑް އޮފީހުގެ ފަހަތުން، އެސްޓީއޯ ބަސް ސްޓޭންޑް ކުރިމަތީ އޮންނަ ހިތްގައިމު ޕާކެވެ. މި ޕާކުގައި ކަސްރަތުކުރުމުގެ ސާމާނު ވެސް އެސްޓީއޯއިން ވަނީ ހަރުކޮށްފަ އެވެ. އެސްޓީއޯގެ ހީވާގި މުވައްޒަފުން ބަލަހައްތަމުންދާ މި ޕާކަކީ ރޭގަނޑު ވެސް ރީތި ލައިޓްތަކުން ދިއްލާލާފައި އޮންނަ ނަލަ ޕާކެކެވެ.

ކޮންމެ ދުވަހަކު އާފަލެއް ކާލުމުގެ އާދަ ކުރުމަށް އެސްޓީއޯ އިން ވަނީ ރައްޔިތުންނަށް ގޮވާލާފަ އެވެ.

ކޮންމެ ދުވަހަކު އާފަލެއް ކެއުމަށް އާދަކުރުމަކީ ސިއްހަތަށް ގިނަ ގުނަ ފައިދާތައް ލިބޭނެ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ރާއްޖެއަށް އެތެރެ ކުރާ އާފަލުގެ ތެރޭގައި ހިމެނޭ ޕިންކް ލޭޑީ، ކުއީން އެޕަލް، ޕްރިންސް، ރޯޔަލް ބިއުޓީ، ރޯޔަލް އަދި ގްރީން ފަދަ އެކި ބާވަތުގެ އާފަލު، އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބެން ހުރެ އެވެ.