އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން "ދޮވެހިއްކާ ޕްރޮމޯ" ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ޕްރޮމޯޝަންގައި ހިމެނޭ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކުން ވެސް ދިހަ ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށާއި، ޕާސިލް ބްރޭންޑްގެ ޑިޓަޖެންޓް ތިން ފުޅި ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯއިން ބުނީ ހިޓާޗީ މެޝިން ގަންނައިރު، ކޮންމެ 1000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަނުގައި ނަގާ ލަކީޑްރޯގައި ބޮޑެތި އިނާމުތަކެއް ހުށަހަޅާފައިވާއިރު ކޮންމެ ހަފްތާއަކުވެސް ހަތް ފަރާތެއް ހޮވައި ކޮންމެ މީހަކަށް އިނާމެއްގެ ގޮތުގައި ހިޓާޗީ ވެކިއުމް ކްލީނަރެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޕްރޮމޯޝަންގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ފްރިޖެއް ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނައަށް ހޮވޭ ފަރާތަށް 12،000 ބީޓީޔޫގެ ހިޓާޗީ އެއާކޮންޑިޝަނާ އެއް އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ޝަވާ ހީޓާއަކާއި 32 އިންޗީގެ ހިޓާޗީ ޓީވީއެއް ލިބޭނެ އެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް ހިޓާޗީ ވެކިއުމް ކްލީނަރެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.