Advertisement

ލޮކްޑައުންގައި ދިރާގު ޕްރީޕެއިޑް ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތްތައް

FacebookTwitterWhatsAppTelegramViber

ކަންމަތީ ފިހާރަ އަށް ގޮސް ރީލޯޑް ކޮށްލުމަކީ އަޅުގަނޑުމެންގެ ތެރޭގައި އާދަވެފައި އޮންނަ ގޮތެވެ. ނަމަވެސް ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި، ގެ ކައިރި ކަންމަތީ ފިހާރަ އަށް ވެސް ދިޔުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެދެވިގެންވާ ކަމެއްވެސް ނޫނެވެ.

މި ދުވަސްވަރަކީ ގޭގައި ތިބެގެން، ރައްކާތެރިކަމާއެކު ހުރިހާ ކަމެއްހެން އޮންލައިންކޮށް ކުރަން ޖެހިފައިވާ ދުވަސްވަރެކެވެ. މިއީ ޑިޖިޓަލް ވާންޖެހިފައިވާ ވަގުތެވެ.

ދިރާގުން ވަނީ ދިރާގުގެ ހުރިހާ ޚިދުމަތްތައް ބޭނުން ކުރުމަށާއި ލިބިގަތުމަށް ފަސޭހަ، ޑިޖިޓަލް ގޮތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި، ދިރާގު މޮބައިލް ޕްރީޕެއިޑް ގޭގައި ތިބެގެން ފަސޭހަކަމާއެކު ރީލޯޑް ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް ހިމެނެއެވެ.

ދިރާގު މޮބައިލް އެޕްލިކޭޝަން

ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި "Easy TopUp" ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު "Continue and Pay" އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް "Continue and Pay" އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު "Continue" އަށް ފިތާލާށެވެ.

ދިރާގު ޕޭ ނުވަތަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި (މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ޑެބިޓް ނޫނީ ކްރެޑިޓް ކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެއެވެ.

ދިރާގު މޮބައިލް އެޕް މެދުވެރިކޯށް ރީލޯޑްކުރާނެގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް މި ލިންކުން ފެންނާނެ އެވެ.

ދިރާގު ވެބްސައިޓް

ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓަށް ވަނުމަށްފަހު ސްކްރީންގެ ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައި އިންނަ "Easy TopUp" އަށް ފިތާލާށެވެ. އެއަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށްފަހު "Continue" އަށް ފިތާލާށެވެ. ދެން، ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު "Continue" އަށް ފިތާލާށެވެ.

ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނޫނީ ކްރެޑިޓް ކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެ އެވެ.

ދިރާގު ވެބްސައިޓް މެދުވެރިކޮށް ރީލޯޑްކުރާނެގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް މި ލިންކުން ފެންނާނެ އެވެ.

ދިރާގު ޕޭ

ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށްފަހު "Reload my mobile" ނުވަތަ "Reload Another" އަށް ފިތާލާށެވެ. އެއަށްފަހު ނަންބަރު އަދި އަދަދު ޖެހުމަށްފަހު "Validate" އަށް ފިތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް "Proceed" އަށް ފިއްތާލުމުން ރީލޯޑްކޮށް ނިމުނީ އެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20 އިންސައްތަ އިތުރު ކްރެޑިޓް ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 30 ޖޫން 2020 ގެ ނިޔަލަށެވެ.

ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނޫނީ ކްރެޑިޓް ކާޑް މެދުވެރިކޮށް ކުރެވޭނެ އެވެ.

ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top