ވިލާ ޓްރޭޑިންއިން އެެތެރެކޮށް ވިއްކާ އުފެއްދުންތައް ތަޖުރިބާކޮށްލަން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

މި ހަވީރު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް އުސްފަސްގަނޑު ސަރަހައްދުގަ އެވެ.

ވިލާ ޓްރޭޑިން އިން ބުނިގޮތުގައި މި އިވެންޓް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ކުންފުނިން އެތެރެކޮށް ވިއްކާ ހާއްސަ އުފެއްދުންތަކުގެ ރަހަ ބަލައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމެވެ. އެގޮތުން ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ "ގާޑެންސް" ބްރޭންޑްގެ ޖޭމް އެކި ރަހަތަކާއި "ފެނާ" ބްރޭންޑްގެ ޖޫހުގެ ރަހަ ބަލާމުގެ ފުރުސަތު މި ހަވީރުގައި ލިބޭނެ އެވެ.

ގާޑެންސް ބްރޭންޑްގެ ޖޭމަކީ އޯގަނިކް ބްރޭންޑެކެވެ. އަދި އެ ކުންފުނިން އަންނަނީ އެ ބްރޭންޑް މީރު އެކި ރަހަތަކުގެ ޖޭމް އެތެރެކޮށް ވިއްކަމުންނެވެ. އޭގެ ތެރޭގައި އެޕަލް، ސްޓްރޯބެރީ، އެޕްރިކޮޓް، ޗެރީ، އޮރެންޖް އަދި ޕީޗް ހިމެނެ އެވެ.

މި އޯގަނިކް ފުރުޓް ސްޕްރެޑް ޓޯސްޓް ނުވަތަ ބޭގަލް، ހޫނު ޕާރާޓާއާ އެކު، ނުވަތަ އައިސް ކްރީމްއާ އެެކު ވެސް މީރުކޮށް ކާލެވޭނެ އެވެ. އަދި އޯގަނިކް މޭވާގެ މި ރަހަތަކަކީ ގުދުރަތީ ފައިބަރު، ވިޓަމިންސް، މިނަރަލްސް، އެމިނޯ އެސިޑް އަދި އެހެނިހެން ނިއުޓްރިއެންޓްތައް ލިއްބައިދޭ ރަނގަޅު ވަސީލަތެކެވެ.

އޮސްޓްރިއާގައި 1856 ވަނަ އަހަރު އުފެއްދި ކުންފުނީގެ "ފެނާ" ބްރޭންޑްގެ ގިނަ ރަހަތައް ވިލާ މާޓުން ލިބެ އެވެ. ވިލާ މާޓްގެ މައިގަނޑު މަގުސަދަކީ ސިއްހަތަކަށް ފައިދާ ހުރި އުފެއްދުންތައް އެތެރެކޮށް ވިއްކުމެވެ. އެ ގޮތުން ވިލާ ޓްރޭޑިން އަކީ ފެނާ ބްރޭންޑްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކާ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރެވެ.

ހުކުރު ދުވަހު ބާއްވާ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނާ ގުޅޭ އެކި ކަހަލަ ގޭމްތައް ކުޅުން ވެސް އޮންނާނެ އެވެ.

ވިލާ ޓްރޭޑިން އިން ބުނީ ތަކެތި ބައްލަވައިގަތުމުގެ ކުރިން ކަސްޓަމަރުންނަށް ތަފާތު އުފެއްދުންތަކުގެ ރަހަ ބަލައި އަމިއްލައަށް އަޖުމަ ބަލައިލުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެ އުފެއްދުންތަކުގެ ރަހަ ބެލުމަށްފަހު ކަސްޓަމަރުން ބޭނުންވާ ރަހަތަކާއި ތަޖުރިބާ އެނގުން މުހިންމު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވިލާ ޓްރޭޑިން އިން އެތެރެކުރާ އުފެއްދުންތަކުގެ މައުލޫމާތު [email protected] ނުވަތަ 7667711 އިން ލިބޭނެ އެވެ.