ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި މި ހިދުމަތް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ 21 ސެޕްޓެންބަރުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމު

  • ކޮންމެ ދެ ހަފްތާއަކުން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ
  • ޕްރޮމޯޝަނުގެ ބޮޑު އިނާމު: ލަގްޒަރީ ރިސޯޓަކުން ދެމީހަކަށް އޯލް އިންކްލޫސިވް ޕްކޭޖެއް

މި ޕްރޮމޯޝަން އާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، ޕްރޮމޯޝަންގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވާ ހުރިހާ ކަސްޓަމަރުން އޮޓަމެޓިކްކޮށް ބައިވެރިވެވޭނެ އެވެ.

ޕްރޮމޯޝަންގެ ތެރޭގައި ޖުމްލަ ހަތް ނަސީބުވެރިއަކަށް އައި ފޯން ލިބޭއިރު، އެ ފަރާތްތައް އިއުލާން ކުރާނީ ކޮންމެ ދެ ހަފްތާއަކުންނެވެ. ބޮޑު އިނާމުގެ ނަސީބުވެރިޔާ އިއުލާން ކުރާނީ ޕްރޮމޯޝަން ނިމުމުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ އެވެ.