އަލަށް ތައާރަފުކުރި އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ޕްރީއޯޑާކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަން ފަށައިފި އެވެ.

މި އެންމެ ފަހުގެ އައިފޯން 14 ޕްރޯ އަދި 14 ޕްރޯ މެކްސް ޕްރީއޯޑަރ ކުރުމަށް ދިރާގުން މިދަޔަ ހުކުރު ދުވަހުގައި ހުޅުވާލުމާއެކު ކުޑަ ހިނދުކޮޅެއްގައި ތެރޭގައި ސްޓޮކް ވަނީ ހުސްވެފަ އެވެ.

ކަސްޓަމަރުންގެ މި ހޫނު ތަރުހީބާއެކު އައު ސްޓޮކް ލިބުމުން މި ހަފުތާގައި އައިފޯން ދިރާގުން ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ ޒަމާނީ އައު ފީޗާސްތަކަކާއެކު ނެރެފައިވާ މި އައިފޯން މޮޑެލްތައް ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއިއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުން ވެސް ގަނެވޭނެ ކަމަށެވެ. އަދި މި އައު އައިފޯނު ދިރާގު މެދުވެރިކޮށް ގަންނަ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް، މަހަކު 5 ޖީބީގެ ހިލޭ ބޯނަސް ޑޭޓާ ވެސް ލިބޭނެ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށް ވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތް ކުރަމުންނެވެ.