ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ހިޓާޗީ ފްރިޖު ޕްރޮމޯ ފަށައިފި އެވެ.

އެސްޓީއޯއިން ބުނެފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެކުންފުނީގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގައި ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ އައިޓަމްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް ވޮއުޗަރއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ގިފްޓް ވޮއުޗަރގެ ދަށުން އިނާމުގެ ގޮތުގައި ސުޕަމާކެޓް އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާއްމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެތަކެތި އިނާމުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރޮމޯޝަންގައި ހިމެނޭ ފްރިޖްތަކުގެ ތެރެއިން ކުރައްވާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި މި ޕްރޮމޯޝަންގެ ކޫޕަން ލިބިވަޑައިގަންނަވާނީ ޑިޖިޓަލް ކޫޕަންއެއްގެ ގޮތުގައި ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.