Advertisement

ވ. އަތޮޅުގައި އާ ރިސޯޓެއް ހުޅުވަން ތައްޔާރުވަނީ

FacebookTwitterWhatsAppTelegramViber

ވ. އަތޮޅުގައި މުޅިން އާ ރިސޯޓެއް ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ޚަބަރުތައް ގެނެސްދޭ ޓްރެވަލް ޓްރޭޑް މޯލްޑިވްސް ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި، "ކޮކޯގިރި އައިލެންޑް ރިސޯޓް" ގެ ނަން ދީފައިވާ މި ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ.

މި ރިސޯޓްގައި 20 ބީޗު ކޮޓަރި އަދި 20 މޫދު ކޮޓަރި ހުންނާނެ އެވެ. އަދި ރެސްޓޯރަންޓަކާއި ބާއެއްގެ އިތުރުން، މޫދު ކުޅިވަރާއި ޑައިވިންގެ ހިދުމަތްތައް ދޭ ސެންޓަރަަކާއި ސްޕާއެއް ވެސް ހުންނާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސީޕްލޭނެއްގައި ގާތްގަނޑަކަށް 15 މިނިޓުން ނުވަތަ ލޯންޗެއްގައި ގަޑިއެއްހާއިރުން މި ރިސޯޓަށް ދެވެ އެވެ.

ވ. އަތޮޅުގައި މިވަގުތު އޮންނަނީ 3 ރިސޯޓެވެ. އެއީ ދިއްގިރި ޓޫރިސްޓް ރިސޯޓާއި އަލިމަތަ އަކުއަޓިކް ރިސޯޓްގެ އިތުރުން، މިދިޔަ އަހަރު ހުޅުވި ސިނަމަން ވެލިފުށި މޯލްޑިވްސް ރިސޯޓެވެ.

އާ ރިސޯޓެއް ހުޅުވަން ތައްޔާރުވާއިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ސަރުކާރުން މިހާރު އަންދާޒާކުރާ ގޮތުގައި، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލެވޭ ވަރު ވާނީ މި މަހުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގަ އެވެ. އެހެން ނަމަވެސް، މިިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 50 އިންސައްތަ އަށް ވުރެ ބޮޑު އަދަދެއް ދަށަށް ގޮސް، ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top