Advertisement

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ފޮޓޯ: އެމްއޭސީއެލް

ރާއްޖެ އަލުން ޓޫރިސްޓުންނަށް ހުޅުވާލުމާ ބެހޭ ޑްރާފްޓް ގައިޑްލައިން ހިޔާލަށް

FacebookTwitterWhatsAppTelegramViber

ކޮވިޑް-19 އަށް ފަހު، "ނިއު ނޯމަލް" އަކާއެކު ފަތުރުވެރިކަން ކުރިއަށް ގެންދާނެ ގޮތުގެ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" ޑްރާފްޓްކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކުގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ހިއްސާކޮށްފައިވާ މި ޑްރާފްޓްގައިވާ ގޮތުން، ކޮންމެ ރިސޯޓެއްގައި ވެސް ޑޮކްޓަރަކާއި ނަރުހެއް ހުންނަން ޖެހެ އެވެ. އަދި ޓޫރިސްޓް ރިސޯޓްގެ ޖުމްލަ އެނދުގެ 10 އިންސައްތަ އައިސޮލޭޝަނަށް ހާއްސަކޮށް ބަހައްޓަންޖެހެ އެވެ. އަދި ރިސޯޓްގެ ހުރިހާ މުވައްޒަފުން ޑިސްއިންފެކްޝަން އަދި ސޯޝަލް ޑިސްޓަންސިން އަށް ތަމްރީން ކުރަން ޖެހެ އެވެ.

މީގެ އިތުރުން، ޓޫރިސްޓުން ރާއްޖެ އެތެރެވުމަށް ހާއްސަ ވިސާ ފީއެއްގެ ގޮތުގައި 100 ޑޮލަރު ނަގަން ވަނީ ހުށަހަޅާފަ އެވެ. މި ފީ ސަރުކާރުން ވަކި ގޮތެއް އަންގަންދެން ނަގަން ވަނީ ހުށަހަޅާފަ އެވެ.

އަދި ޓޫރިސްޓުން މަދުވެގެން 14 ރޭ ރާއްޖޭގައި ހޭދަކުރަން ޖެހޭނެ އެވެ. އަދި ޓޫރިސްޓުން އަތުން ކޮވިޑް-19 އަށް ޓެސްޓް ކުރަން 100 ޑޮލަރުގެ ފީއެއްވެސް ނަގަން ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން، ޓޫރިސްޓުން ރާއްޖެއަށް އެތެރެވާ ހިސާބުން ޓޫރިސްޓް ފެސިލިޓީ އާއި ހިސާބަށް ދިއުމާއި ހަމައަށް އަމަލުކުރަންޖެހޭ ގޮތް ވެސް މި ގައިޑްލައިންގައި ވަނީ ހުށަހަޅާފަ އެވެ. އަދި އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓްތަކުގައި އަމަލުކުރާނެ އުސޫލު ވެސް ވަނީ ހިމަނާފަ އެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު، ޓޫރިސްޓުން ގެނައުމަށް ހާއްސަ ހުއްދަ، "ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސް" އެއް ދޫކުރުމާއި ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ވައިރަހަށް ސްކޭން ކުރާނެ އެވެ.

މި އުސޫލުގައިވާ ގޮތުން ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލަން ހުށަހަޅާފައި ވަނީ ޖުލައި މަހު އެވެ. އެހެން ނަމަވެސް، އަންނަ މަހުން ފެށިގެން، ޕްރައިވެޓް ޖެޓާއި ސުޕަޔޮޓަށް ހުޅުވާލަން ވަނީ ހުށަހަޅާފަ އެވެ.

މި ގައިޑްލައިނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top