Advertisement

ރާއްޖެ އިޝްތިހާރުކުރަން ފޭސްބުކްގައި ލައިވް އިވެންޓެއް ބާއްވަނީ

FacebookTwitterWhatsAppTelegramViber

ކޮވިޑް-19 ގެ އުނދަގޫ ވަގުތުގައި ވެސް ދުނިޔެ އަށް ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ފޭސްބުކްގައި ކެމްޕޭނެއް ހިންގަން ނިންމައިފި އެވެ.

"މޯލްޑިވްސް: ދަ ސަން ވިލް ޝައިން އަގެއިން" ގެ ނަމުގައި އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ މި ކެމްޕެއިންގައި ތިން ގަޑިއިރުގެ ފޭސްބުކް ލައިވެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ތިން ގަޑިއިރުގެ މި ލައިވް އިވެންޓް އޮންނާނީ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ރޭގަނޑު 8:00 އިން 11:00 އަށެވެ.

މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެ އަށް ހެޔޮއެދޭ މީހުންގެ ފަރާތުން ރާއްޖެ އަށް އޮތް ލޯބި ހާމަކޮށްދިނުމުގެ ގޮތުން އުންމީދީ މެސެޖުތައް ދޭނެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމަށް ފަހު އަލުން ފެށުމުގެ ގޮތުން ވަމުން އަންނަ ތައްޔާރީތައް ވެސް މި ހަރަކާތުގައި ދައްކާނެ އެވެ. މި އިވެންޓުގައި ޓޫރިޒަމް ދާއިރާގެ އިސްވެރިންނާއި ރާއްޖޭގެ އާޓިސްޓުންނާއި މިއުޒީޝަނުން ވެސް ބައިވެރިވާނެ އެވެ.

އެމްއެމްޕީއާރުސީން ގެންދަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައި އޮތް ނަމަވެސް، ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top