Advertisement

މަޓާޓޯ އާއި އެންބީއޭއެމްގެ ކާބޯތަކެތި ފޯރުކޮށްދޭ ޕްރޮގްރާމަށް ދިރާގުގެ އެހީ

FacebookTwitterWhatsAppTelegramViber

ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖަންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އާއި ނެޝެނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ކުރިއަށް ގެންފާ ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ރަމަޟާން މަސް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށި މި ޕްރޮގުރާމު، ރަމަޟާން މަހުގެ އިތުރުން ފިތުރު އީދާއި ޝައްވާލްމަހުގެ ފުރަތަމަ ހަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

"މަޓާޓޯ އާއި އެންބީއޭއެމް އިން ފެށި މި ޕްރޮގުރާމު ދިރާގުން ބަލައިގަނެ، މި ކަމަށް އެއްބާރުލުންދޭން ނިންމި ސަބަބަކީ މި ދަނޑިވަޅުގައި މިއީ އިންސާނިއްޔަތަށްޓަކާ ކޮށްދޭ ނުހަނު އަގުހުރި މަސައްކަތައްކަށްވާތީ އެވެ،" ދިރާގުން ނެރުނު ބަޔާނެއްގައިވެ އެވެ.

މި ޕްރޮގުރާމްގެ ދަށުން ކަރަންޓީން އަދި ލޮކްޑައުންގެ ސަބަބުން މާލެ އަދި ހުޅުމާލޭގައި ވަގުތީ ހިޔާތަކުގައި ތިބި ދިވެހިންނާއި ބިދޭސީންނަށް ކާބޯތަކެތީގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. މި ފަރާތްތައް މިހާރު ދިރިއުޅެމުންދަނީ މާލެ އަދި ހުޅުމާލޭގައި ސަރުކާރުން ހަމަޖައްސާފައިވާ ވަގުތީ ހިޔާތަކުގަ އެވެ.

މިއަދާ ހަމައަށް މި ޕްރޮގުރާމްގެ ދަށުން 25000 "މީލް ޕެކޭޖް" ވަނީ ހަދިޔާކޮށްފަ އެވެ.

"ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ސަރުކާތުގެ އިދާރާތަކާއި، އެންޖީއޯތަކަށާއި މުޅި މުޖުތަމައަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ،" ބަޔާނުގައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top