Advertisement

އުރީދޫގެ މޫލީ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް އީދު ހަދިޔާ ފޮނުވޭނެ

FacebookTwitterWhatsAppTelegramViber

ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ގުޅިގެން އަންނަ ފިތުރު އީދަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި އެންމެހާ މުސްލިމުން ފާހަގަކުރާ އުފާވެރި އީދެކެވެ. ބޮޑު ޖަމާއަތުން ފަށާ އީދު ނަމާދާއި އާއިލާތައް އެކުގައި ބޭއްވޭ އީދު ކެއުމާއި، ހަދިޔާ ބަދަލުކުރުން ފަދަ ކަންކަމަކީ ޒަމާނީ އާދަކާދައިގެ ތެރެއިން ހިމެނޭ ކަންކަމެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއެކުވެސް، މި ރިވެތި އާދަކާދަ ދަމަހައްޓައި، ކޮވިޑް-19 ގެ ސަބަބުން ދުރުގައި ތިބި އެންމެ ގާތް އަދި ލޯބިވާ މީހުންނާ ގުޅުވާލަދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް، މޫލީގައި ވަނީ "އީދު ހަދިޔާ" ގެ ނަމުގައި ހާއްސަ އޮފާއެއް މިއަދު އިއުލާންކޮށްފަ އެވެ.

އީދަށް ހާއްސަކޮށް ތައާރަފް ކުރި މި އާ ކެޓެގަރީ މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރައްޓެހިންނަށް އީދު ހަދިޔާ ފޮނުވާލެވޭނެ އެވެ. ހަދިޔާތަކުގެ ތެރޭގައި، ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ދަ ސްޕޭސްގެ އާދަޔާހިލާފް މީރު ރަހަތަކުން ތައްޔާރުކޮށްފައިވާ "ވެރީ ފަޖް ސްޕޭސް ބްރައުނީޒް"، "ކެރަޓް ކަޕްކޭކްސް" އަދި "ހައިބިސްކަސް ކޭކް" ގެ އިތުރުން ބްރޭންޑްލޫމް، އަލޯރާ، މަލްޑައިސް، ވީސްޓޯ އަދި ލިންކް ސާވް އިން ވިއްކާ ގެއަށް ބޭނުންވާ ސާމާނުގެ އިތުން 'ތަކެތި' ފޮތް ވެސް ހިމެނެ އެވެ.

އީދު ހަދިޔާ ފޮނުއްވުމަށް:

  1. އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތްކޮށްލާ: http://ore.do/app
  2. ކެޓެގަރީއިން ީދު ހަދިޔާ ހިޔާރުކޮށްލާ
  3. ބޭނުންވާ ހަދިޔާ ހިޔާރުކުރުމަށްފަހު ކާޓަށް ގޮސް ޗެކްއައުޓްކޮށްލާ
  4. ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖަހާލާ
  5. އޯޑަރު ކަށަވަރު ކުރުމަށް ޕޭމަންޓް ކޮންފާމްކޮށްލާ

މޫލީ މެދުވެރިކޮށް އީދު ހަދިޔާ ލިބުނު ފަރާތްތަކަށް، ލަކީ ޑްރޯއެއްގައި ބައިވެރިވެ، ނަސީބުވެރި ފަރާތަކަށް ސެމްސަން ގެލެކްސީ ބަޑްސް+ އެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް، ހަދިޔާ ލިބޭ ފަރާތުން މޫލީގެ ފޭސްބުކް ޕޭޖަށް ލައިކް ކުރުމަށްފަހު، ހަދިޔާގެ ފޮޓޯއެއްގައި #EidHadhiyaa #DeliveredByMoolee ޖެހުމަށް ފަހު 30 މެއި ގެ ރޭގަނޑު 11:59 ގެ ކުރިން މޫލީ ފޭސްބުކް ޕޭޖަށް ޕޯސްޓް ކުރުމުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.

މޫލީ މެދުވެރިކޮށް އީދު ހަދިޔާ އަށް އޯޑަރުކޮށް ހަދިޔާ ލިބޭފަރާތުގެ ދޮރާހަމައަށް އެއް ދުވަސް ތެރޭގައި ގެންގޮސްދެވޭނެ އެވެ. އީދު ހަދިޔާ ޕެކޭޖްގައި ހިމެނޭނީ ހަދިޔާގެ ގޮތުގައި ގަނެފައިވާ އައިޓަމްގެ އިތުރުން އީދު ތަހުނިޔާ ކާޑަކާއި މޫލީގެ ސްޓިކާއެކެވެ.

މޫލީގެ ޕާޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށެވެ.

ރާއްޖޭގެ ކޮންމެ ނެޓްވޯކަކުންވެސް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވުމަށް މޫލީން މަރުހަބާ ކިޔަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top