Advertisement

މުނިފޫހިފިލުވުމުގެ އާ ސްޓްރީމިން އެޕް "ދިރާގު ޕްލޭ" ލޯންޗުކޮށްފި

FacebookTwitterWhatsAppTelegramViber

"ދިރާގު ޕްލޭ"ގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިން މޮބައިލް އެޕްލިކޭޝަނެއް ދިރާގުން މިއަދު ތައާރަފުކޮށްފި އެވެ.

މި އެޕްލިކޭޝަނަކީ ތަފާތު ވައްތަރުގެ ގިނަ ކޮންޓެންޓް ހެޔޮ އަގެއްގައި އެއްތަނަކުން ބަލާލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ ހިދުމަތެކެވެ.

މި ދުވަސްވަރަކީ ގިނަ ބަޔަކު ގޭގައި، ލޮކްޑައުންގެ ހާލަތުގައި ނުވަތަ އިޖުތިމާއީ ގައިދުރުކޮށްގެން ތިބެންޖެހިފައިވާ ދުވަސްވަރެއްކަމުގައި ވުމުން، މުނިފޫހިފިލުވުމަށް އޮންލައިން ސްޓްރީމިން ހިދުމަތްތަކުގެ ބޭނުން ވަނީ ވަރަށް ބޮޑަށް ޖެހިފަ އެވެ. ދިރާގުން އަލަށް ތައާރަފުކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލައިވް ޓީވީ އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް މޯބައިލް ޑިވައިސްތަކުން ކޮންމެ ވަގުތަކު، ކޮންމެ ތާކު ބަލާލެވޭނެ އެވެ.

ދިރާގު ޕްލޭގައި ކަސްޓަމަރުން މުނިފޫހިފިލުވުގެ މުޅިން އާ އަދި ތަފާތު އެތަށް ފީޗަތަކެއް އެކުލެވިގެންވެ އެވެ. އެގޮތުން:

  • މަލްޓިޕްލް ސްކްރީންސް: އެންމެ ސަބްސްކްރިޕްޝަނަކުން އެއްފަހަރާ އެކި ޑިވައިސްތަކުން ދިރާގު ޕްލޭ އެޕް ބޭނުން ކުރެވޭނެ
  • ރިކޯޑިން: މި ފީޗަ އިން ޕްރޮގުރާމްތައް ރިކޯޑްކޮށް، ކުރީބައިގައި ރިކޯޑް ކުރުމަށް ޝެޑިއުލްވެސް ކުރެވޭނެ
  • ކެޗްއަޕް: މި ފީޗަ މެދުވެރިކޮށް ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެ
  • ރީސްޓަޓް: މި ފީޗަ މެދުވެރިކޮށް މިހާރު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާއިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެ

ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޏެވެ. ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފައެއްގެ ގޮތުން "ޕްލޭ" ޕެކޭޖް މުޅިން ހިލޭ އެއް މަސްދުވަހަށް ލިބިގެންދާނެ އެވެ.

މި ޕްކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ 15 ޖޫން 2020 ގެ ނިޔަލަށެވެ. އެއަށް ފަހު ކަސްޓަމަރުންނަށް މި ޕެކޭޖް މަހަކު އެންމެ 30 ރުފިޔާ އަށް ބޭނުންކުރެވޭނެ އެވެ. މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރުވެސް 23 ޗެނަލް ބަލާލެވޭނެވެ. ޕެކޭޖްގެ ވެލިޑިޓީ އަކީ އެކްޓިވޭޓް ކުރާތާ 30 ދުވަހެވެ.

ދިރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ހިލޭ ޑައުންލޯޑްކޮށްލެވޭނެ އެވެ.

"ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަނދިކުރުމަށެވެ. އެގޮތުން ޚަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވިޔަސް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ،" ދިރާގުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top