Advertisement

އެސްޓްރަޒެނެކާގެ ވެކްސިން ކާމިޔާބު ވެއްޖެ ނަމަ 1 ބިލިއަން ޑޯޒު އުފައްދާނެ

FacebookTwitterWhatsAppTelegramViber

އެސްޓްރަޒެނެކާ އިން އުފައްދާ، މިހާރު ކްލިނިކަލް ޓްރަޔަލް ގައި އޮތް ވެކްސިންގެ ޓެސްޓުތައް ދުވަސްކޮޅެއްގެ ތެރޭ ލިބޭއިރު، އެ ޓެސްޓްތައް ކާމިޔާބުވެއްޖެ ނަމަ މިއަހަރާއި މިއަންނަ އަހަރު ވެކްސިންގެ އެއް ބިލިއަން ޑޯޒު އުފައްދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މި ޑްރަގް އުފައްދާ ކުންފުނިން ބުނެފައިވާ ގޮތުގައި އޮކްސްފޯޑު ޔުނިވަސިޓީއާއި ގުޅިގެން އުފައްދަމުން ގެންދާ އެ ޑްރަގްގެ ފުރަތަމަ 400 ޑޯޒު ސަޕްލައި ކުރުމުގެ އެގްރިމެންޓްގައި މިހާރު ސޮއި ކޮށްފައިވާ ކަމަށެވެ.

އެމެރިކާ ސަރުކާރުން ވަނީ ކޮވިޑް-19 އަށް ރައްކާތެރިކަން ފޯރުކޮށްދެވިދާނެ މި ޑްރަގްގެ 300 މިލިއަން ޑޯޒު މިހާރުވެސް އޯޑަރުކޮށްފަ އެވެ. އަދި މި ޑޯޒްތައް އޮކްޓޯބަރު މަހާއި ހިސާބަށް ތައްޔާރުކުރެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް އިން ވަނީ ބުނެފަ އެވެ.

އެޗްއެޗްއެސް ގެ ސެކްރެޓަރީ އެލެކްސް އަޒަރް ވިދާޅުވެފައިވާ ގޮތުގައި، އެސްޓްރަޒެނެކާ އާއި އެކީ ހެދިފައި މިވާ ކޮންޓްރެކްޓް އަކީ 2021 ވަނަ އަހަރާއި ހަމައަށް ރައްކާތެރި، ނަތީޖާ ނެރެވޭ އަދި ފަސޭހަ ކަމާއި އެކީ ލިބެން ހުންނަ ވެކްސިނެއް ހޯދުމަށް އޮޕަރޭޝަން ވާޕް ސްޕީޑް އިން ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

މިހާރުވެސް އެތައް ސަތޭކަ ވެކްސިނެއް އުފެއްދުމުގެ މަރުހަލާގައި ވާއިރު އޭގެ ތެރެއިން ހިއުމަން ޓްރަޔަލްސް އާއި ހަމަޔަށް ދެވިފައިވަނީ މަދު ވެކްސިނެކެވެ. މިއީ ވެކްސިންގެ ރައްކާތެރިކަމާއި ނަތީޖާ ނެރެވޭތޯ ބެލުމަށް އެންމެ މުހިއްމު ޓެސްޓް ކަމުގައި ވާއިރު މި ހަރުފަތުގައި ގިނަ ވެކްސިންތައް ފެއިލްވެ އެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގައި ކުރާ މަސައްކަތުގައި އަދި ކުރިއެރުމެއް ލިބިފައި ނުވާ އިރު ކަމާބެހޭ މާހިރުން ލަފާކުރާ ގޮތުގައި ކާމިޔާބުކަމާއި އެކީ މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި 12-18 މަސްދުވަސް ހޭދަވާނެ އެވެ.

އެސްޓްރަޒެނެކާ އިން ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ގޮތުގައި މި ވެކްސިން އުފެއްދުމުގެ މަސައްކަތަށް އެމެރިކާގެ ބަޔޯމެޑިކަލް އެޑްވާންސްޑް ރިސާޗް އެންޑް ޑިވެލޮޕްމެންޓް އޮތޯރިޓީ އިން $1 ބިލިއަން ޑޮލަރު ހަރަދުކޮށްފައި ވެ އެވެ.

އަދި މި ވެކްސިނުގެ ކްލިނިކަލް ޓްރަޔަލްގެ ފަހު ސްޓޭޖްގައި 30،000 ބައިވެރިންނާއި އެކު ޕީޑްރިއޭޓިކް ޓްރަޔަލްއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ވެކްސިން ސަޕްލައި ކުރެވޭނެ ކަމަށް ލަފާކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޖޯންސަންސް & ޖޯންސަންސް އަދި ސަނޯފީ ފަދަ ބޭސްއުފައްދާ ކުންފުނިތަކުން ވެސް ކޮވިޑް-19އަށް ވެކްސިން އުފައްދަމުން ދާއިރު އެ ވެކްސިންތައްވެސް ވަނީ ޓެސްޓްގެ އެކި މަރުހަލާތަކުގަ އެވެ.

އެމެރިކާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ މޮޑާނާ އިން މިދިޔަ ހަފްތާގެ ތެރޭގައި ބުނެފައިވާ ގޮތުގައި އެމީހުން އުފެއްވި ވެކްސިނުގެ ޓެސްޓްގެ ފުރަތަމަ ސްޓޭޖްތަކުގައި ޓެސްޓް ކުރެވުނު މީހުންގެ ހަށިގަނޑުގައި ޕްރޮޓެކްޓިވް އެންޓިބޮޑީސް އުފެދިފައިވާ ކަމަށެވެ.

އެސްޓްރަޒެނެކާ އިން ބުނި ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި އެހެނިހެން ބައިނަލްއަގްވާމީ ޖަމްއިއްޔާ ތަކާއި ގުޅިގެން މި ވެކްސިން ހަމަހަމަ ކަމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން މަޝްވަރާތައް ކުރިއަށް ދާކަމަށެވެ.

-ޗެނަލް ނިއުސް އޭޝިއާ

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top