Advertisement

ސިންގަޕޫރުގައި އުފެއްދި ފުރަތަމަ ވެކްސިންގެ ޓެސްޓްތައް ފަށަން ތައްޔާރުވެއްޖެ

FacebookTwitterWhatsAppTelegramViber

ސިންގަޕޫރުގެ ސައިންސްވެރިން އުފައްދަމުން ގެންދާ ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ މަރުހަލާގެ ކްލިނިކަލް ޓްރަޔަލް މިއަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުންދާ ކަމަށް ޑޫކް-އެންޔޫއެސް މެޑިކަލް ސްކޫލްގެ ޕްރޮފެސަރެއް ވިދާޅުވެއްޖެ އެވެ.

ސީއެންބީސީ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޑޫކް-އެންޔޫއެސް މެޑިކަލް ސްކޫލްގެ ޕްރޮފެސާ އެއް ކަމަށްވާ ވޭންގް ލިންފާ ވިދާޅުވެފައިވާ ގޮތުގައި އެ ސްކޫލުގެ ރިސާޗަރުން އުފައްދަމުންދާ ވެކްސިނަކީ ބަޔޯޓެކްނޮލޮޖީ ފާމެއް ކަމެއްވާ މޮޑާނާ އިން އުފައްދަމުން ގެންދާ ވެކްސިނާ އެއްގޮތް، އެހެން ނަމަވެސް އެއަށް ވުރެ "އެޑްވާންސްޑް" ވެކްސިނެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކްލިނިކަލް ޓްރަޔަލްސްގެ ފުރަތަމަ ފޭސް ދެ މަހެއްހާ ދުވަސްތެރޭ ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އެމެރިކާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ މޮޑާނާ އިން މިދިޔަ ހަފްތާގެ ތެރޭގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން އުފެއްވި ވެކްސިނުގެ ޓެސްޓްގެ ފުރަތަމަ ސްޓޭޖްތަކުގައި ޓެސްޓް ކުރެވުނު މީހުންގެ ހަށިގަނޑުގައި ޕްރޮޓެކްޓިވް އެންޓިބޮޑީސް އުފެދިފައިވާ ކަމަށެވެ.

ޑޫކް-އެންޔޫއެސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި އެ ސްކޫލުގެ ސީނިއާ ވައިސް ޑީން އޮފް ރިސާޗް، ޕެޓްރިކް ކޭސީ އާއި ހަވާލާވީ ބުނެފައިވާ ގޮތުގައި އެ ސްކޫލުން އުފައްދާފައިވާ ޓެސްޓް ކިޓުން އެއް ގަޑި އިރުގެ ތެރޭ ކޮރޯނާވައިރަސްގެ އެންޓިބޮޑީސް ޑިޓެކްޓް ކުރެވޭނެ ކަމަށާއި މިއީ ދުނިޔެ ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ މުޅި ގޭމު ބަދަލުކޮށްލާނެ އުފެއްދުމެއް ކަމަށެވެ.

ސީފާސްގެ ނަމުން ނަން ދެވިފައިވާ މި ޓެސްޓު ކިޓުން "ލައިވް ބަޔޮލޮޖިކަލް މެޓީރިއަލް" އަދި "ބަޔޯކޮންޓެއިންޓްމެންޓް ފެސިލިޓީ"އަކާއި ނުލާ، އެންމެ ގަޑިއިރެއްގެ ތެރޭގައި ކޮރޯނާ ވައިރަސް ޖެހިފައި ރަނގަޅުވެފައި ހުރި މީހެއް ވިޔަސް އެކަން ވެސް ދެނެގަނެވޭނެ އެވެ.

މީގެ ސަބަބުން މި ޓެސްޓް ކިޓު ހޮސްޕިޓަލް ތަކުގައާއި ރިސާޗް އަދި ކްލިނިކަލް ލެބޯޓްރީ ތަކުގައި ވެސް ބޭނުންކުރެވޭނެ އެވެ.

މި ޓެސްޓަކީ އަވަހަށް ނަތީޖާ ނެރުމުގެ ބަދަލުގައި އިންފެކްޝަން ހުރިކަން ޔަގީން ކުރުމަށް ހާއްސަ ކޮށް އުފައްދާފައިވާ ޓެސްޓް ކިޓެކެވެ.

މީގެ ސަބަބުން ކޮންޓެކްޓް ޓްރޭސިން އަދި ހާޑް އިމިއުނިޓީ އެސެސްމެންޓަށް ވެސް މި ޓެސްޓް ކިޓް ބޭނުންކުރެވޭނެ އެވެ.

ހާޑް އިމިއުނިޓީ އަކީ އާބާދީއެއްގެ ގިނަ ބަޔަކަށް ބަލި ޖެހުމުގެ ސަބަބުން އެ މީހުންގެ ހަށިގަނޑުގައި ބައްޔަށް އިމިއުނިޓީ އުފެދުމުގެ ސަބަބުން އެ ސަރަހައްދެއްގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވުމެވެ.

ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއި އެކީ ސިންގަޕޫރުގެ ހޮސްޕިޓަލް ތަކުގައި މިހާރު މި ޓެސްޓް ކިޓް ބޭނުންކުރަމުން ދާއިރު، އީޔޫ އިން ވެސް މިހާރު ވަނީ މި ޓެސްޓް ކިޓް ބޭނުން ކުރުމުގެ ހުއްދަ ދީފަ އެވެ. މިހާރު މި ޓެސްޓް ކިޓް ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަ ލިބުމުގެ އިންތިޒާރުގަ އެވެ.

ވޭންގް ވިދާޅުވެފައިވާ ގޮތުގައި މި ޓެސްޓް ކިޓް ގަންނަން ލިބެން ހުންނާނެ ކަމަށާއި އެހެން ނަމަވެސް ބައިނަލްއަގްވާމީ ޖަމްއިއްޔާ ތަކާއި ގުޅިގެން ކިޓު ތައް އުފެއްދުމުގެ ހަރަދު ކުޑަކުރުމަށްޓަކައި އެހީވެ، ހިލޭ ބެހުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުން ދާކަމަށެވެ.

-ސީއެންބީސީ

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top