Advertisement

އެމެރިކާ ފުރަބަންދު ކުރުން އަވަސް ކުރިނަމަ 36،000 ފުރާނަ ސަލާމަތްވީސް: ދިރާސާ

FacebookTwitterWhatsAppTelegramViber

އެމެރިކާ ފުރަބަންދު ކުރަން ނިންމުމުގެ ހަފްތާއެއް ކުރިން، މާޗް މަހުގެ ކުރީކޮޅު އެ ފިޔަވަޅު އެޅި ނަމަ 36،000 މީހުންގެ ފުރާނަ ސަލާމަތްކުރެވިދާނެ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ކޮލަމްބިއާ ޔުނިވަސިޓީ އިން ކޮށްފައިވާ މި ދިރާސާ އިން އިތުރަށް ދައްކާގޮތުގައި ދެ ހަފްތާ ކުރިން ފުރަބަންދު ކުރި ނަމަ 83% މީހުން މަރުވުމުން ސަލާމަތްކުރެވުނީސް ކަމަށެވެ.

އެގޮތުން މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްޓޭޓް ތައް ފުރަބަންދުކުރަން ފެށިނަމަ މަރުވި މީހުންގެ ތެރެއިން 54،000 މީހުން ސަލާމަތްވާނެ ކަމަށް ވެ އެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މި ރިޕޯޓު ގަބޫލުނުކުރާނެ ކަމަށް ވިދާޅުވެ، މިއީ ސިޔާސީ މަގްސަދެއްގައި ނެރެފައިވާ ރިޕޯޓެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މިހާތަނަށް އަދި ޕިއާ ރިވިއު ކޮށްފައިނުވާ މި ރިޕޯޓުގައި ހިމަނާފައިވަނީ މޭ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް އެއްކުރެވިފައިވާ ތަފާސްހިސާބު ތަކެވެ. އެ މުއްދަތާ ހަމައަށް އެމެރިކާއިން ކޮވިޑް-19 ޖެހިގެން 65،300 އަށްވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އަދަދު މިހާރު ވަނީ 93،400 އަށްވުރެ މައްޗަށް އަރާފަ އެވެ.

-ބީބީސީ

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top