Advertisement

ވަޒީފާ ގެއްލުނު 69 މީހަކަށް ޖުމްލަ 290،131ރ. ދީފި

FacebookTwitterWhatsAppTelegramViber

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 69 މީހަކަށް 290،131 ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު އެންއޯއައިސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ މި ފައިސާ ދޫކޮށްފައިވަނީ އެންސްޕާ މެދުވެރިކޮށް ކަމަށެވެ.

އަމީރު ވިދާޅުވީ 69 ފަރާތަކަށް 5،000 ރުފިޔާގެ މަގުން ޖުމްލަ 290،131 ރުފިޔާ މިހާރު ދޫކުރެވިފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ "އިންކަމް ސަޕޯޓް އެލަވެންސް" ދިނުމުގެ އުސޫލު ސަރުކާރުން އާއްމު ކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

މި އެލަވަންސް ލިބޭނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާ އަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

އެގޮތުން، 1 މާޗު 2020 ގައި އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި ހުރި ކޮންމެ ފަރާތަކަށް ލިބޭނެ އެވެ. މީގެ ތެރޭގައި ވަޒީފާގެ ޕްރޮބޭޝަންގައި ތިބި ފަރާތްތަކާއި، އަދި ވަގުތީ ވަޒީފާގައި ތިބި ފަރާތްތަކުގެ ހަމައެކަނި ވަޒީފާ ކަމަށް ވާންޖެހެ އެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުގައި، ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއިން ވަކޮކޮށް ނުވަތަ އަސަރުކޮށްފައިވާ ފަރާތްތަކުން ޖޮބް ސެންޓަރުގައި ރަޖސްޓްރީ ކުރުމަށް އެދިފަ އެވެ.

މި ފަސާ ދިނުމަށް މިހާރު ހަމަޖެހިފައިވަނީ ތިން މަހަށެވެ. އެއީ އޭޕްރީލް، މެއި، އަދި ޖޫން މަހުގަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top