Advertisement

ފިނޭންސް މިނިސްޓާ އިބްރާހީމް އަމީރު

ކަރަންޓާއި ފެނުގެ ޑިސްކައުންޓަށް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

FacebookTwitterWhatsAppTelegramViber

ރިލީފް ޕެކޭޖްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ފެނުގެ ޑިސްއުންޓަށް ސަބްސިޑީގެ ގޮތުގައި މިހާތަނަށް 60 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

އެންއޯއައިސީގައި މިއަދު ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތެރެއިން ފެނުގެ ސަބްސިޑީ އަށް 10.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެއީ ކޮންމެ ފެން ބިލަކުން އެވްރެޖްކޮށް 200 ރުފިޔާ ކަމަށެވެ.

"އެވްރެޖު ގޮތެއްގައި ފެން ބިލަކުން 235ރ. އަދި ކަރަންޓު ބިލްތަކުން 240ރ. ގެ ޑިސްކައުންޓެއް ވަނީ ދެވިފައި،" އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން، ކަރަންޓަށް ޖުމްލަ 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށާއި އެއީ ބިލަކުން އެވްރެޖްކޮށް 500ރ. ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައިވަނީ ކަރަންޓާއި ފެނުގެ ސަބްސިޑީ ވެސް އޭޕްރީލް މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ދިނުމަށެވެ. އެގޮތުން ފެން ބިލުން 30 އިންސައްތަ އަދި ކަރަންޓް ބިލުން 40 އިންސައްތަ ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top