އެސްޓީއޯއިން ވޯލްޑްކަޕާއި ގުޅިގެން ކުރިޔަށްގެންދާ ޚައްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަ މަހުގެ ފަހުކޮޅޮ ގަތަރުގައި ބާއްވާ ވޯލްޑްކަޕާއި ގުޅިގެން އެސްޓީއޯއިން ކުރިޔަށްގެންދާ "ހޭވައްލާ ތައްޔާރު" ޕްރޮމޯޝަން ފައްޓުވައިދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ރަޝާދެވެ.

މި ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުން ކުރާ 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭއިރު އޭގެ ތެރެއިން އެއްވަނައަށް ހޮވޭ ނަސީބުވެރިޔަކަށް އެންމެ ފަހުގެ އައިފޯނު 14 ޕްރޯ މެކްސްއެއް ދޭން ވަނީ ނިންމައިފަ އެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް ޕީއެސް5 އެއް ވީއާރް އާއެކު ލިބޭއިރު ތިންވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15،000ރ ގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ. އެސްޓީއޯއިން ބުނިތުގައި މި ވައުޗަރުގެ ދަށުން ނެގޭނީ ގެއާއި ބަދިގެ ސާމާނެވެ.

"ހޭވައްލާ ތައްޔާރު ޕްރޮމޯ" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެސްޓީއޯއިން ބުނިގޮތުގައި ލަކީޑްރޯގެ އިތުރުން ވެސް މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ޕްރޮމޯޝަނުގައި ހިމެނޭ އައިޓަމްތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި 50 އިންޗީގެ ފިލިޕްސް (މޮޑެލް 50PUT8115/98) ޓީވީއަކާއެކު ސައުންޑްސްޕީކާ ބާއެއް ހިލޭ ލިބޭއިރު އެހެން މޮޑެލްތަކުގެ ޓީވީތަކާއެކު ވެސް ފާރުގައި ހަރުކުރާ ބްރެކްޓް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

"ހޭވައްލާ ތައްޔާރު ޕްރޮމޯ" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

މީގެ އިތުރުން ވެސް މި ޕްރޮމޯޝަނުގެ މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ ބައެއް ގޭމްތައް ވެސް ކުރިއަށްގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.