ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ބިން ގަތުމަށް 18 ފަރާތަކުން ބީލަން ހުށަހަޅައިފި އެވެ.

ބީޗް ފްރަންޓުން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކުރި 22 ގޯއްޗަށް އެންމެ މަތީ އަގެއްގެ ގޮތުގައި ހުށަހެޅީ އަކަފޫޓަކަށް 8،251ރ. އެވެ.

އެޗްޑީސީ އިން ވަނީ ބީލަމުގެ އުސޫލުން ހުޅުމާލޭގެ އަތިރިމައްޗާ ކުރިމަތިވާ ގޮތަށް 22 ބިމުގެ އިތުރުން އަދި އަތިރިމައްޗާ ކައިރިން 52 ބިން ވިއްކަން އިއުލާނުކޮށްފަ އެވެ.

ހުޅުމާލޭގެ ބީޗް ފްރަންޓުން ބިން ގަތުމަށް ހުޅުވާލި ފުރުސަތުގައި، އެންމެ ކުޑަ އަގުގެ ގޮތުގައި ހުށަހަޅާފައިވަނީ އަކަފޫޓަކަށް 6،501 ރ. އެވެ.

ބީޗް ފްރަންޓް ބިމަށް ހުށަހަޅާފައިވާ އަގުތައް:

  1. ހަސީނާ އިބްރާހިމްގެ ނަމުގައި އިސްމާއިލް ފައިސަލް: އަކަފޫޓަކަށް 8،251ރ.
  2. އާދަމް ނަޒީރު ހުސައިންގެ ނަމުގައި އަބްދުﷲ ނިޒާރު: އަކަފޫޓަކަށް 8،141.23ރ.
  3. ފަރިޔާލް ގާސިމްގެ ނަމުގައި އާދަމް ޝަފީގު: އަކަފޫޓަކަށް 7،852ރ.
  4. އައިޝަތު އުމައިމާ: އަކަފޫޓަކަށް 7،585.25ރ.
  5. ރިސްމާ އަލީ ނަސީރުގެ ނަމުގައި މުހައްމަދު ރިޒާ: އަކަފޫޓަކަށް 7،500ރ.
  6. ރާޔާ ރިޔާޒުގެ ނަމުގައި އަމީރު ޝާހު: އަކަފޫޓަކަށް 7،500ރ.
  7. ތައުނީސް ހުސައިން: އަކަފޫޓަކަށް 7،350ރ.
  8. އަލީ އައިމަން: އަކަފޫޓަކަށް 7،333.37ރ.
  9. ހުސައިން ޝާމު: 7،300ރ.
  10. މަލްވިން އަލީ ނޫރައްދީންގެ ނަމުގައި މުހައްމަދު ޔޫމަން އަލީ ނޫރައްދީން: އަކަފޫޓަކަށް 7،100ރ.
  11. އިބްރާހިމް ރީމާޒް ވަހީދު: އަކަފޫޓަކަށް 7،002ރ.
  12. އަމީރު ޝާހު: އަކަފޫޓަކަށް 7،000ރ.
  13. އަބްދުލް އަޒީޒު މޫސާގެ ނަމުގައި ޔާސިރު ސޯލިހް: އަކަފޫޓަކަށް 6،850ރ.
  14. ހަސަން ޒުހޫރު: އަކަފޫޓަކަށް 6،789.99ރ.
  15. އާމިނަތު އުމާނާ އަލީ ނޫރައްދީންގެ ނަމުގައި މުހައްމަދު ޔޫމަން އަލީ ނޫރައްދީން: އަކަފޫޓަކަށް 6،725ރ.
  16. އަލީނާ ނޫރައްދީންގެ ނަމުގައި މުހައްމަދު ޔޫމަން އަލީ ނޫރައްދީން: އަކަފޫޓަކަށް 6،620ރ.
  17. ނާދިރާ ޖަމީލުގެ ނަމުގައި އަލީ މުއްތަލިބު: އަކަފޫޓަކަށް 6،501ރ.

ބީޗް ފްރަންޓުން ބިން ގަންނަން ބޭނުންވާ ފަރާތްތަކުން ބީލަން ފޯމު ހުށަހެޅުން އޮތީ މިއަދު ހެނދުނު 9:00 އިން 11:00 އަށެވެ. ބީލަން ފޯމު ހުޅުވުން އޮތީ މިއަދު މެންދުރު 12:15 ގައެވެ.

ހުޅުމާލޭގެ ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ވިއްކުމަށް ހަމަޖެހިފައިވާ 52 ބިމަށް ބީލަން ހުށަހެޅުން އޮންނާނީ މާދަމާ ހެނދުނު 9:00 އިން 11:00 އަށެވެ. ބީލަން ހުޅުވުން އޮންނާނީ މެންދުރު 12:15 ގައެވެ.

ބީލަން ފޯމު ބަލައިގަތުމާއި ހުޅުވުން ކުރިއަށް ގެންދަނީ ހ. މީރުމާގެ ދެވަނަ ފަންގިފިލާގައި ހުންނަ ކީރަންމާ މާލަމުގަ އެވެ.

އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1095.05 އަކަފޫޓާއި 2588.14 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

ބީޗު ފްރަންޓުގެ ބިންތަކަށް ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 6،500 ރުފިޔާ އެވެ. ބީޗް ސައިޑްގެ ބިމެއް ނަމަ ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 5،500 ރުފިޔާ އެވެ.