ރާއްޖޭގެ އިގްތިސާދީ ހާލަތު ކުރިން އަންދާޒާކުރެވުނު ވަރަށް ވުރެވެސް އަންނަނީ ރަނގަޅު ވަމުން ކަމަށާއި، ރާއްޖޭގެ ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރި ހާލަތު ނެތް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ސަރުކާރުގެ މުހިންމު މައުލޫމާތުތައް ހާމަކުރެއްވުމަށް ސިލްސިލާކޮށް ކުރިޔަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ، ދައުލަތަށް ލިބޭ އާމްދަނީ އާއި މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭންތަކާއި ގުޅޭ، ތަފާސް ހިސާބު މަޢުލޫމާތުތައް ނޫސްވެރިންނާއި ހިއްސާ ކުރައްވާފައެވެ. އަދި ދައުލަތުގެ ދަރަނި މެނޭޖް ކުރުމަށާއި ލޯނުތައް އަނބުރާ ދެއްކުމާއި ގުޅޭ މަޢުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން މިއަދު ފިޗްއިން ނެރުނު ރޭޓިންގ އައުޓްކަމް ރިޕޯޓުގައި، ރާއްޖޭގެ ރޭޓިން ވަނީ އެއް ހަމައެއްގައި ހިފަހައްޓާފައިކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑަށް ފަހުގައި ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ، ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުން ކަމަށާއި، އެހެންކަމުން ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ނަތީޖާ ހާސިލް ކުރެވެމުންދާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ނިޔަލަށް ހިލޭ އެހީ އާއި ނުލައި ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުންވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އަންދާޒާކުރި ވަރަށްވުރެ ބާރަށް ރިޒާވް ދަށްވާ ކަމަށާއި ރިޒާވްއަށް އަސަރުކޮށްފައިވަނީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށެވެ. "ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އެހެން ގައުމުތަކުގެ ރިޒާވް އަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވޭ،" އަމީރު ވިދާޅުވި އެވެ.

ރިޒާވަށް އަންނަ ލޮޅުންތައް މިޓިގޭޓް ކުރެވޭނެކަމަށް ވިދާޅުވެ މިނިސްޓަރު އަމީރު ވިދާޅުވީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮފްޓް ފެސިލިޓީއަކާއި ސާކް އެރޭންޖްމަންޓްގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއެކު 200 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް އެބައޮތް ކަމަށެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފް ޖެނެރަލް ރިޒާވަށް ބަދަލުކުރީ އެމްއެމްއޭއާ ވާހަކަ ދައްކައިގެން ކަމަށެވެ. އެމްއެމްއޭއާ ވާހަކަ ދައްކައިގެން އެސްޑީއެފް ޑޮލަރުން ދަމަހައްޓަން މަސައްކަތްކުރާ ކަމަށްވެސް ވިދާޅުވި އެވެ.