އުރީދޫ ނޭޝަންއިން އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 3 ގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ ކޮލިފައިން މެޗް ސިލްސިލާއެކެވެ.

މި ސިލްސިލާގެ ފުރަތަމަ ދެ ޕަބްޖީ ކޮލިފައިން މުބާރާތް ނިމި މިހާރު ހުޅުވައިލާފައިވަނީ ތިންވަނަ ކޮލިފައިން ސީރީޒް އެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެ ފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓްގައި ވާދަކުރެވޭނެ އެވެ. އަދި ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ މާދަމާގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެ އެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގެ ކޮންޓެންޑާ ސީރީޒް 3 ގެ ޗެމްޕިއަން ޓީމުތަކަށް ކަނޑައެޅިފައިވާ 15،000 ރުފިޔާގެ އިނާމު ހަމަޖެހިފައިވަނީ ތިރީގައި މިވާ ގޮތަށެވެ.

  • ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ
  • 2 ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާ
  • 3 ވަނަ އަށް ހޮވޭ ޓީމަށް 2،000 ރުފިޔާ

ރޯޑް ޓު އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް:

  1. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 1 ގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން 16 ޓީމެއް 3 ސެޕްޓެމްބަރު ފިނާލޭގައި ވަރުގަދަ ކުރިމަތިލުމަކަށްފަހު، 3 ޓީމެއް ވަނީ މި އަހަރުގެ އަހަރު ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވެފަ އެވެ.

މޮޅުވެފައިވާ ޓީމްތައް:

  • ޗެމްޕިއަން ޓީމް: އާރް ޖީސީ ޑެނޯ
  • 2 ވަނައަށް މޮޅުވި ފަރާތް: ކޭއެޗް އީސްޕޯޓްސް
  • 3 ވަނައަށް މޮޅުވި ފަރާތް: އެލްއެންއެން ސްޕީޝީސް

2. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 2: ސެޕްޓެމްބަރު މަހު ބޭއްވުނު މި ދެވަނަ ސިލްސިލާގައި ވަނީ 500 ގޭމަރުންނާއެކު 89 ޓީމަކުން ވާދަކޮށްފަ އެވެ. ގަދަ ހިފުމަކަށްފަހު 3 ސެޕްޓެމްބަރުގައި މުބާރާތް ނިމިގެން ދިޔައައީ އެންމެ މޮޅު 3 ޓީމުން އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގައި ވާދަކުރުމަށް ޖާގަ ހޯދައިގެންނެވެ.

މޮޅުވި ޓީމްތައް:

  • ޗެމްޕިއަން ޓީމް: އެސްޑީއެމްޒީ އީސްޕޯޓްސް
  • 2 ވަނައަށް މޮޅުވި ފަރާތް: އާރްޖީސީ އޯޕެކްސް
  • 3 ވަނައަށް މޮޅުވި ފަރާތް: އީ2އެސް އަކަޓްސުކި

3. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 3: ގައި ވާދަކޮށް އެންމެ މޮޅު 3 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. މި މުބާާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފަ އެވެ. ރެޖިސްޓާވުމަށް http://ore.do/contender ޒިޔާރާތްކޮށްލާށެވެ.