ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ބީއެމްއެލްއިން ބުނީ މިޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ މުއްދަތުގައި، ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ކަސްޓަމަރުންނަށް ހާއްސަ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އިނާމުތަކުގެ ތެރޭގައި.

  • އެންމެ ފުރަތަމަ ހުޅުވާ 1500 އެކައުންޓުގެ ތެރެއިން ކޮންމެ އެކައުންޓަކަށް 200 ރުފިޔާ ޖަމާކުރެވޭނެ.
  • ކާޑު ބޭނުންވާ ކަސްޓަމަރުންނަށް ހިލޭ ރީލޯޑް ކުރެވޭ ޕްރީޕެއިޑް ކާޑެއް
  • ޕްރޮމޯޝަން ނިމޭއިރު، 50 ފަރާތަކަށް 2،500 ރުފިޔާ

މި ޕްރޮމޯޝަންގެ މުއްދަތުގައި، ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ކައުންޓަރެއް ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، އެކައުންޓް އޯޕަނިން ސެންޓަރު އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ގައި ހުންނާނެ އެވެ. މީގެ އިތުރުން 29 އޮކްޓޯބަރު 2022 ވާ ހޮނިހިރު ދުވަހު ކިޑްސް ސޭވާ އެކައުންޓް ހުޅުވުމަށް ހާއްސަކޮށް ބީއެމްއެލް އެކައުންޓް އޯޕަނިން ސެންޓަރު އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވިފައި ހުންނާނެ އެވެ.