ދިރާގުގެ އަޕްގްރޭޑަޑް "ސަޅި މަންތުލީ 2 ޖީބީ" އެޑް-އޮންއާ އެކު ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި އާ އޮފާއާ އެކު ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ދުވާލަކު 8 ޖީބީ ޑެއިލީ ޑޭޓާ އެންމެ 745 ރުފިޔާ އަށް ލިބޭނެ އެވެ.

މަހަކު ޖުމްލަ 240 ޖީބީ ލިބޭ މި "ސަޅި މަންތުލީ 2 ޖީބީ" އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް "S2GB30" ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެން ވެސް ނެގޭނެ އެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ އެވެ. އިތުރު މައުލޫމާތު މި ލިންކަށް ކްލިކްކޮށްލުމުން ލިބޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

މި ޕްރޮމޯޝަންއާ ބެހޭ އިތުރު މަޢުލޫމާތު މި ލިންކަށް ކްލިކްކޮށްލުމުން ލިބޭނެ އެވެ.