Advertisement

ދިރާގުގެ ހިދުމަތްތައް ފަސޭހަކަމާއެކު ހޯދުމަށް "މައިއެކައުންޓް" ފީޗާ

FacebookTwitterWhatsAppTelegramViber

ދިރާގަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީ އާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކާ އެއް ބާރުމިނެއްގައި ކުރިއަރަމުން އަންނަ ރާއްޖޭގެ ޑިޖިޓަލް ލީޑަރެވެ. ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށެވެ.

އެގޮތުން، މި ދުވަސްވަރަކީ ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްކޮޅެއް ކަމުގައި ވުމުން، ގޭގައި ތިބެގެން އޮންލައިންކޮށް ދިރާގުގެ ހުރިހާ ހިދުމަތްތަކެއް ބެލެހެއްޓުމަށް ނުވަތަ މެނޭޖުކުރުމަށް ދިރާގު ވެބްސައިޓުގައިވާ "މައިއެކައުންޓް" އަކީ ދިރާގު ކަސްޓަމަރުންނަށް ވަރަށް މުހިންމު އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބަލައިގެން ފަރުމާކޮށްފައިވާ ހިދުމަތެކެވެ. ގޭގެ އިންޓަނެޓް ޕެކޭޖް ބަދަލުކޮށް، މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖްގެ ތަފުސީލު ބަލާލައި، ބިލް ދައްކާ އަދި ދިރާގުގެ އެކި އެކި ޚިދުމަތަތަކަށް އެދުމަށް ކަސްޓަމަ ކެއާ ސެންޓަރުތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް މައިއެކައުންޓް ހިދުމަތުން ކަސްޓަމަރުންނަށް ލިބިގެންދެ އެވެ.

ދިރާގު މައި އެކައުންޓް (MyAccount) ޚިދުމަތް ބޭނުން ކުރުމަށް އެންމެ ފުރަތަމަވެސް ދިރާގު ވެބްސައިޓަށް ޒިޔާރަތްކޮށްލައްވާފައި، ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައިވާ "މައިއެކައުންޓް" އަށް ފިއްލާތުމަށްފަހު ރިޖިސްޓަރ ކޮށްލާށެވެ. https://www.dhiraagu.com.mv/ocs/register.aspx

ރެޖިސްޓަރ ކުރުމަށްފަހު، އެކައުންޓަށް ލޮގިން ވެލާފައި މައި އެކައުންޓްގެ ޚިދުމަތްތަށް ބޭނުން ކުރެވޭނެއެވެ.

ދިރާގު މައި އެކައުންޓް މެދުވެރިކޮށް ދިރާގުގެ އެކި ޚިދުމަތްތައް ލިބިގަންނާނެ ގޮތާ، މައި އެކައުންޓުން ކުރެވޭނެ ގިނަ ކަންތައްތައް:

ބިލް ދައްކާލުން

މައިއެކައުންޓަށް ލޮގިން ކޮށްލުމާއެކު މި ހިދުމަތް މެދުވެރިކޮށް ކުރެވޭނެ ގިނަ ކަންތައްތައް ހޯމް ޕޭޖުން ފެނިގެންދާނެ އެވެ. އެގޮތުން، އެންމެ ފުރަތަ ކަމަކަށް ބިލްތައް ދައްކާލުން ހިމެނެ އެވެ.

"ޕޭ ބިލްސް" އަށް ފިއްތާލުމުން އެ ކަސްޓަމަރެއްގެ ނަންމަތީގައި ނަގާފައިވާ ހުރިހާ ދިރާގުގެ ހިދުމަތްތަކުގެ ބިލުތައް ފެނިގެން ދާނެ އެވެ. މީގެ ތެރޭގައި، ގޭގެ އިންޓަނެޓް އަދި މޯބައިލް ޕޯސްޑްޕެއިޑް ފަދަ ހިދުމަތްތައް ހިމެނެ އެވެ. އަދި ހުރިހާ ބިލަކަށް އެކީ އަރާފައިވާ ވަރު މަތީގައި ބަޔާންކޮށްފައިވާނެ އެވެ. މި ބައިން ކުރީގެ ބިލްތައްވެސް ބަލާލެވޭނެ އެވެ. އަދި ވަކި ވަކިން ނުވަތަ ހުރިހާ ބިލަކަށް އެކީ މި ބައިން ބިލް ދައްކާލެވެނޭ އެވެ. ދައްކަން ބޭނުންވާ ބިލަށް ފިތާލުމަށްފަހު މަތީގައިވާ "ޕޭ ނައު" އަށް ފިއްތާލައިގެން ބިލް ދައްކާލެވޭނެ އެވެ.

ދިރާގު ޕޭ، ނުވަތަ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ބިލް ދައްކާލެވޭނެ އެވެ. ދިރާގު ޕޭ މެދުވެރިކޮށް ބިލް ދައްކާލައިގެން އަނެއް މަހުގެ ބިލުން 5 އިންސައްތަ ލިބޭނެ އެވެ. މި ޕްރޮމޯޝަން 30 ޖޫން 2020 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

މޮބައިލް އަދި ފިކްސްޑް ބްރޯޑްބެނޭޑް ޔޫސޭޖް ބަލާލުން

"މޮބައިލް ޔޫސޭޖް ގްރާފް" އިން މޮބައިލް ޕޯސްޑްޕެއިޑްގެ ކުރު ހުލާސާއެއް ލިބިގެންދާނެ އެވެ.

"ޗެކް ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް" އިން ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް އަށް ދެވޭނެ އެވެ. މި ޕޯޓަލް މެދުވެރިކޮށް، ކޮންމެ ގަޑިއަކު ގޭގެ އިންޓަނެޓް ބޭނުންކުރެވޭ މިންވަރުވެސް ބަލާލެވޭނެ އެވެ. އަދި ބޭނުންކުރެވޭ މިންވަރުގެ ނޮޓިފިކޭޝަން އެސްއެމްއެސްގެ ޒަރިއްޔާއިން ހޯދަން ބޭނުންވަނީ ނަމަ އެސްއެމްއެސް ނޮޓިފިކޭޝަންވެސް އޮން ކޮށްލެވޭނެ އެވެ. އަދި ހަމައެއާއެކު ބޫސްޓާ ވެސް މި ޕޯޓަލް މެދުވެރިކޮށް ގަނެވޭނެ އެވެ.

ހިދުމަތްތަކަށް އެޕްލައިކުރުން ނުވަތަ ހުށައެޅުން

"އެޕްލައި އޮންލައިން" އިން ދިރާގުގެ ގިނަ ހިދުމަތްތަކަށް އެޕްލައި ކުރެވޭނެ އެވެ. މީގެ ތެރޭގައި، ޕޯސްޑްޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖް ބަދަލުކުރުން، ސިމް ރިޕްލޭސްމެންޓް، ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން އެހެން ގެޔަކަށް ބަދަލު ކުރުން ފަދަ ގިނަ ކަންތައްތައް މިބައިން ކޮށްލެވޭނެ އެވެ. އަދި އެޕްލިކޭޝަން ކުރިއަށް ގޮސްފައިވާ ވަރު "އެޕްލިކޭޝަން ސްޓޭޓަސް" ބައިން ބަލާލެވޭނެ އެވެ.

ޕްރީޕެއިޑް ރިޗާޖް

"ރީޒާޖް" އިން ދިރާގު ޕްރީޕެއިޑް ނަންބަރުތަށް ފަސޭހަކަމާއެކު ރީޗާޖުކޮށްލެވޭނެ އެވެ. ދިރާގު ޕޭ، ބީއެމްއެލް އަދި އެމްއައިބީގެ ޑެބިޓް ނުވަތަ ކްރެޓިޑް ކާޑު މެދުވެރިކޮށް ރީޗާޖުކޮށްލެވޭނެ އެވެ.

ބިލުގެ ޖުމްލަ އައިސްފައިވާ ގޮތުގެ ތަފްސީލު

ދިރާގު މައިއެކައުންޓް މެދުވެރިކޮށް ބިލްގެ ފުރިހަމަ ތަފުސީލު ބަލާލެވޭނެއެވެ. އެގޮތުން "ބިލިން" އަށް ފިއްތާލުމަށްފަހު "ޗާޖިން ޑީޓެއިލްްސް" ޓެބަޔަށް ގޮސް ބޭނުންވާ ދުވަސްތަކާއި ހިދުމަތް (ޑޭޓާ، ވޮއިސް، އެސްއެމްއެސް) ހިޔާރު ކުރުމަށް ފަހު އެސްއެމްއެސް ވެރިފިކޭޝަން ކޯޑު ލިބުމުން ތަފުސީލު ބަލާލެވޭނެ އެވެ. މީގެ ތެރޭގައި، ގުޅާފައިވާ ނަންބަރުތަކަކީ ކޮބައިކަމާއި ޑޭޓާ ބޭނުންކޮށްފައިވާ ގަޑިތަކާ ވަރުގެ ބަލާލެވޭނެއެވެ.

ދިރާގު ޕޭ ކޭޝް އިން

ދިރާގު ޕޭ އަށް ފަސޭހަކަމާއެކު ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ކޭޝައިން ކޮށްލެވޭނެ އެވެ.

ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top