މަންޓާ އެއާއިން ހއ. ހޯރަފުއްޓަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ އެއާލައިނުން މިއަދު ބުނީ މަންޓާ އެއާގެ ހާއްސަ ދަތުރުތަކެއް އަންނަ މަހުގެ 1 ން 4 އަށް މާލެ އާއި ހޯރަފުއްޓާ ދެމެދު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދަތުރުތަކާ ދިމާކޮށް ހާއްސަ އަގެއްގައި ދިވެހިންނަށް ޓިކެޓް ވިއްކަން ނިންމާފައިވާ ކަމަށް ވެސް މަންޓާ އެއާއިން ބުންޏެވެ.

އެ އެއާލައިނުން ބުނީ "މަންޓާ ބޮޑުތިލަދުންމަތި ޕްރޮމޯ"ގެ ނަމުގައި ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ދިވެއްސަކަށް ކޮޅަކަށް 1،300ރ. އަށް ޓިކެޓް ވިއްކަން ނިންމާފައިވާ ކަމަށެވެ.

ކަސްޓަމަރުންނަށް މަންޓާ އެއާގެ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އެވެ.

ރާއްޖޭގައި އެންމެ ފަހުން އެތެރޭގެ އުދުހުމުގެ ހިދުމަތް ދޭން ފެށި މަންޓާ އެއާއަކީ ގޮނޑީގެ އިތުރު ތަނަވަސްކަމާއި ފެންވަރު ރަނގަޅު އިންފްލައިޓް ހިދުމަތް ދޭ އަދި ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލް އެއާލައިނެކެވެ.