އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މަސް ކިރުވައި 800،000 އަށް ވުރެން ގިނަ ރުފިޔާ ފަރެސް މާތޮޑާއި ދުއްވާ "ބާޚިރާ" ދޯނި ހޯދައިފި އެވެ.

މިފްކޯއިން ބުނީ ބާޚިރާ ދޯނި ކޫއްޑޫއަށް 51.9 ޓަނު މަސް ކިރުވާފައިވާ ކަމަށެވެ. އަދި ކިރުވި މަހަށް އެ ދޯންޏަށް ވަނީ 882،674 ރުފިޔާ ލިބޭނެ އެވެ.

މިފްކޯއިން ބުނިގޮތުގައި މި ރުފިޔާ އެ ދޯނީގެ އެކައުންޓަށް އާދިއްތަ ދުވަހު ޖަމާކޮށްދޭނެ އެވެ. ކޮންމެ ހަފްތާއެއްގައި ވެސް ކިރާ މަހުގެ ފައިސާ ޖަމާކޮށްދޭ ދުވަހެއްގެ ގޮތުގައި މިފްކޯއިން ކަނޑައަޅާފައި އޮންނަނީ އާދީއްތަ ދުވަހެވެ.

މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވާ ދޯނީގެ ރެކޯޑު ގާއިމްކޮށްފައިވަނީ ގދ. މަޑަވެލީގެ ޓީއެސް ލައިން ދޯނިންނެވެ.

މިދިޔަ މަހުގެ 29ވަނަ ދުވަހު އެ ދޯނިން ވަނީ ކޫއްޑޫއަށް 57.1 ޓަނު މަސް ކިރުވައި، ރެކޯޑެއް ގާއިމްކޮށްފަ އެވެ. ޓީއެސް ލައިން ދޯނިން ކިރުވި މަހަށް ވަނީ 971،584 ރުފިޔާ ލިބިފަ އެވެ.

"ޓީއެސް ލައިން" އަކީ މިދިޔަ އަހަރު މިފްކޯ އަށް އެންމެ ގިނަ ގިނައިން މަސް ކިރުވި ދޯނި ވެސް މެ އެވެ.