ތ. އަތޮޅު ސްކޫލްގެ ދަރިވަރުންނަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މަސައްކަތްތައް ދައްކާލައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭ އިން ބުނީ މިދިޔަ އަންގާރަ ދުވަހު އެ ކުންފުނިން ބޭއްވި ފެމެލިއަރައިޒޭޝަން ޓްރިޕްގައި ތ. އަތޮޅު ސްކޫލްގެ 22 ދަރިވަރުންނާއި ތިން ޓީޗަރުން ބައިވެރިވި ކަމަށެވެ.

މި ދަތުރުގައި ދަރިވަރުންނަށް ޓީއެމްއޭގެ މަސައްކަތް ހިނގާ ގޮތުގައި އަމަލީ ތަޖުރިބާ އާއި ވެލާނާ އެއާޕޯޓުގައި ހިންގާ ނޫވިލު ސީޕްލޭން ޓާމިނަލްގައި މަސައްކަތް ހިނގާ ގޮތް ދައްކާލި ކަމަށް ޓީއެމްއޭ އިން ބުނެ އެވެ.

މި ދަތުރުގައި އެ ކުންފުނީގެ މުހިންމު ބައެއް ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ ޓީއެމްއޭގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހާއްސަ ސެޝަންތަކެއް ވެސް ބާއްވައިފަ އެވެ.

ޓީއެމްއޭ އިން ތ. އަތޮޅު ސްކޫލްގެ ދަރިވަރުންނަށް އެ ކުންފުނީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެނީ. ފޮޓޯ: ޓީއެމްްއޭ

ޓީއެމްއޭއިން ބުނީ މައުލޫމާތު ދިނުމުގެ އެ ސެޝަންތައް ކުރިޔަށްދިޔައިރު ދަރިވަރުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލި ކަމަށާއި އަދި ދަރިވަރުން ކުރި ސުވާލުތަކަށް ޖަވާބު ދިން ކަމަށެވެ. އޭގެ އިތުރުން ސީ ޕްލޭން ޓާމިނަލްގެ ގެސްޓް ލައުންޖްތަކާއި ބޯޑިން ގޭޓްތަކާއި ސީޕްލޭން ޑޮކްތަކާއި ޓީއެމްއޭ އޮޕަރޭޝަނަލް ކޮންޓްރޯލް ސެންޓަރުގެ ހަރަކާތްތައް ވެސް ދައްކާލި ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޓީއެމްއޭ އިން ތ. އަތޮޅު ސްކޫލްގެ ދަރިވަރުންނަށް އެ ކުންފުނީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެނީ. ފޮޓޯ: ޓީއެމްްއޭ

ވޭތުވެދިޔަ އަހަރުތަކުގައި ވެސް ޓީއެމްއޭއިން ވަނީ ހުރިހާ އުމުރުފުރާއެއްގެ ސްކޫލް ދަރިވަރުންނަށް ފެމިލިއަލައިޒޭޝަން ޓްރިޕްތަކެއް ބާއްވާފަ އެވެ. އަދި އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ޕްރޮފެޝަނަލުން އިސްނަގައިގެން ކުރިއަށް ގެންދާ އިންފޮމޭޝަން ސެޝަންތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ވަޒީފާގެ ދައުރު ގެއްލޭ ދުވަހުން ދުވަހަށް ކުރާ ކަންކަމާ ބެހޭ ގޮތުން ހަގީގީ ވިސްނުމެއް ލިބިގެންދޭ ކަމަށް ވެސް ޓީއެމްއޭ އިން ބުނެ އެވެ.

ޓީއެމްއޭ އިން ތ. އަތޮޅު ސްކޫލްގެ ދަރިވަރުންނަށް އެ ކުންފުނީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެނީ. ފޮޓޯ: ޓީއެމްްއޭ

"ޓީއެމްއޭގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ސްކޫލް ދަރިވަރުންނާއި ޒުވާން އުމުރުގެ ކުދިންގެ މެދުގައި ޝައުގުވެރިކަން އުފައްދައި އޭވިއޭޝަންގެ ދާއިރާއިން ހިތްގައިމު ކެރިއަރުތަކެއް ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބޭ ފަދަ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުން. ޓްރާންސް މޯލްޑިވިއަން އެއާވޭސް އަކީ ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ޑިމާންޑް ބޮޑު އެއް ތަނަކަށް ވުމަކީ ފަޚުރުވެރި ކަމާއެކު ފާހަގަކުރާ ކަމެއް. ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ހިދުމަތުގެ ދާއިރާއިން ހުނަރުވެރި ވަޒީފާތައް އުފައްދައި ދިނުމުގައި މި ކުންފުނިން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން. އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖޭގެ ތަރައްގީގެ ޒިންމާދާރު ބައިވެރިއެއްގެ ގޮތުގައި ދެމިތިބޭނަން،" އެ ކުންފުނިން ބުންޏެވެ.