ވޯލްޑްކަޕަށް ޚާއްސަކޮށްގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއަށް ބޮކްސް ލައިޓް ޕްރޮޖެކްޓަރު ގެނެސްފި އެވެ.

އެސްޓީއޯ ޕިޕަލްސް ޗޮއިސް އިން ބުދަ ދުވަހު ކުރި ޓުވީޓެއްގައި މި ބްރޭންޑްގެ ހަތަރު މޮޑެލްއެއްގެ ޕްރޮޖެކްޓަރު އަގުތަކާއެކު ހާމަކޮށްފައިވެ އެވެ.

ފީފާ ވޯލްޑްކަޕް އަދި ޔޫރޯ ފަދަ މުބާރާތްތަކާ ދިމާކޮށް ޑިމާންޑް ބޮޑުވާ އެކައްޗަކީ މަލްޓިމީޑިއާ ޕްރޮޖެކްޓަރެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ގެނެސްފައިވާ ހުރިހާ ޕްރޮޖެކްޓަރެއް ވެސް ވިއްކަނީ 28،000 ރުފިޔާއަށް ވުރެ އަގު ހެޔޮކޮށެވެ.

އެސްޓީއޯއިން ވޯލްޑްކަޕަށް ހާއްސަކޮށްގެން ގެނައި ބޮކްސްލައިޓް ޕްރޮޖެކްޓަރު

އެސްޓީއޯއިން ބުނީ ކޮލިޓީ ރަނގަޅު މި ޕްރޮޖެކްޓަރތައް އަގު ހެޔޮވެފައިވަނީ ވޯލްޑްކަޕާ ގުޅުވައިގެން ކުރިޔަށްގެންދާ "ހޭވައްލާ ތައްޔާރު" ޕްރޮމޯޝަންގެ ދަށުން ކަމަށެވެ.

"ހޭވައްލާ ތައްޔާރު" ޕްރޮމޯޝަންއަކީ އެސްޓީއޯއިން ވޯލްޑްކަޕާއި ގުޅިގެން ކުރިޔަށްގެންދާ ޚައްސަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ އޮކްޓޯބަރު 5 ން ފެށިގެން މިމަހުގެ ނިޔަލަށެވެ.