ޕިއްޒާ ކިޗަންގެ ދެ ވަނަ އަހަރީ ދުވަހާއި ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޕިއްޒާ ކިޗަންއިން ބުނީ އެރެސްޓޯރަންޓުގެ ދެ ވަނަ އަހަރީ ދުވަހާއި ގުޅިގެން ކަސްޓަމަރުންނަށް ދެ ދުވަސް ވަންދެން ހާއްސަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ދެ އަހަރު ފުރުމާ ގުޅިގެން ޕިއްޒާ ކިޗަންގެ ކަސްޓަމަރުންނަށް، ދެ ދުވަސް ވަންދެން ހާއްސަ ޑިސްކައުންޓެއް ދޭން އެ ރެސްޓޯރަންޓުން ނިންމާފައިވެ އެވެ.

ތަފާތު އެކި ރަހަތަކުގެ ޕިއްޒާއާއި ބުއިން ވެސް ލިބެން ހުންނަ ޕިއްޒާ ކިޗަން ރެސްޓޯރަންޓުން މި ދެ ދުވަހު އެ ރެސްޓޯރަންޓުން ކުރާ އޯޑަރުތަކަށް 10 އިންސައްތަގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

މިގޮތުން އޯޑަރު ކުރަން ބޭނުން ފަރާތްތަކުން ޕިއްޒާ ކިޗަންގެ ނަންބަރު 3356565 ނަންބަރަށް ގުޅައިގެންވެސް ނުވަތަ 7876565 އަށް ވައިބަރ ކޮށްލައިގެންވެސް އޯޑާ ކުރެވޭނެ ކަމަށް އެ ރެސްޓޯރަންޓުން ބުނެ އެވެ.

ޕިއްޒާ ކިޗަންގެ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތެއް މިރޭ ޕިއްޒާކިޗަން ހުންނަ ސަހަރައްދުގައި ކުރިއަށް ދާނެ އެވެ. އަދި މިރޭ އެ ސަރަހައްދުން ހިލޭ ޕިއްޒާ ލިބޭނެ ކަމަށް އެ ރެސްޓޯރަންޓުން ލިބޭނެ އެވެ.

މާލެ އާއި ހުޅުމާލޭގެ އިތުރުން ހުޅުލެއަށް ވެސް ޕިއްޒާ ކިޗަންއިން ޑެލިވާ ކުރަމުން އަންނަ އިރު، ރިސޯޓްތަކުގެ އޯޑަތަކަށް ލޯންޗައް ވެސް ޑެލިވަރީ ކުރުމުގެ ހިދުމަތް މިހާރު ވެސް ޕިއްޒާ ކިޗަންއިން ދެމުންދެ އެވެ.

މީގެ އިތުރުން، ޕިއްޒާ ކިޗަންއިން ޑައިން އިން ކުރައްވާ ފަރާތްތަކަށް އެކި ރަހަތަކުގެ މީރު ބުއިންތަށްވެސް ލިބެން ހުންނާނެ ކަން ޕިއްޒާ ކިޗަން އިން ބުނެ އެވެ.

ޕިއްޒާ ކިޗަން ހުންނާނީ ހުޅުމާލޭގެ ހިތިގަސް މަގުގެ 6ވަނަ ގޯޅީގަ އެވެ.