ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމެރިކަން އެކްސްޕްރެސް ކާޑު ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންއެއް މިއަދު ފަށައިފި އެވެ.

އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް މި ޕްރޮމޯޝަންގައި ހިމެނޭނެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބިގެންދާނެއެވެ. މިގޮތުން

  • ކޮންމެ ހަފްތާއަކު ދެ މީހަކަށް 5،000 ރުފިޔާ
  • ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 2 މީހަކަށް ލަންޑަނަށް ރިޓާން ޓިކެޓާއެކު ދަތުރުގެ ހަރަދުގެ ގޮތުގައި 1،000 ޕައުންޑް

މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 13ގެ ނިޔަލަށެވެ.

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/win-a-trip ލޮބޭނެ އެވެ.