Advertisement

ޓީއެމްއޭގެ މައި ހިއްސާދާރު ބައިން ކެޕިޓަލް އިން ވާޖިން އޮސްޓްރޭލިއާ ގަނެފި

FacebookTwitterWhatsAppTelegramViber

ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ އެންމެ ބޮޑު ކުންފުނި ޓީއެމްއޭގެ މައި ހިއްސާދާރު ކަމަށްވާ އެމެރިކާގެ ބައިން ކެޕިޓަލް ކުންފުނިން، ވާޖިން އޮސްޓްރޭލިޔާ އެއާލައިން ގަނެފި އެވެ.

ބައިން ކެޕިޓަލްއަކީ ރާއްޖޭގެ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެމެރިކާގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ބައިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 2018 ވަނަ އަހަރު ގަނެފައިވަނީ ގާތްގަނޑަކަށް 550 މިލިއަން ޑޮލަރަށެވެ. އެ ކުންފުނިން މި މުއާމަތް ކޮށްފައިވަނީ ޗައިނާގެ ޓެމްޕަސް ގްރޫޕާ ގުޅިންނެވެ. ބައިން އިން ޓީއެމްއޭގެ ހިއްސާ ގެނެފައިވަނީ އެމެރިކާގެ ބްލެކް ސްޓޯން ކުންފުނީގެ އަތުންނެވެ.

ބައިން ކުންފުނިން ބުނީ، އެ ކުންފުނީގެ ދަށުން ވާޖިން އޮސްޓްރޭލިއާގެ ހިދުމަތް އިތުރަށް ފުޅާ ވެގެން ދާނެ ކަމަށެވެ.

ބައިން ކެޕިޓަލް އިން ވާޖިން އޮސްޓްރޭލިއާ އެއާލައިން ގަތް މި ދުވަސް ވަރަކީ އެއާލައިންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ދުވަސް ވަރަކެވެ. އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އޮތޯރިޓީ (އަޔާޓާ) އިން އަންދާޒާ ކޮށްފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮތުން އެނެމް ބޮޑު ހީނަރުކަމެއް އަންނާނެ ވިޔަފާރިއަކީ އެވިއޭޝަން ދާއިރާ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top