Advertisement

ހެންވޭރު ކާނިވާ ސަރހައްދު

ފީ ދައްކައިގެން ޕާކު ކުރަން ކާނިވާ ސަރަހައްދުން 52 ޕާކިން ސްލޮޓް ދޫކޮށްފި

FacebookTwitterWhatsAppTelegramViber

ހެންވޭރު ކާނިވާ ސަރަހައްދުގައި ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް 52 ޖާގަ ދޫކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި ޖާގަތައް ދޫކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މި ފަރާތްތަކަށް ޖާގަ ދޫކޮށްފައިވަނީ އެ ސަރަހައްދުގައި ޕާކިން އަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލީ 146 ފަރާތުގެ މެދުގައި ނެގި ގުރުއަތުން ކަމަށެވެ.

ކާނިވާ ސަރަހައްދުގައި ޕާކް ކުރަން ދޫކުރީ މަހަކު 3،000 ރުފިޔާ އަށެވެ.

ފީ ދައްކައިގެން ޕާކް ކުރާތަން ހޯދި ނަމަވެސް، ވެހިކަލް ޕާކްކޮށްފައި އޮއްވާ ލިބޭ އެއްވެސް ގެއްލުމަކަށް ސިޓީ ކައުންސިލުން ޒިންމާ ނުނަގާނެ އެވެ. އަދި 15 ދުވަހަށް ވުރެ ގިނަ މުއްދަތަށް އެ ތަނުގައި ވެހިކަލް ޕާކް ނުކޮށް ހުހަށް ހުރެއްޖެ ނަމަ، އެ ޖާގަ އެހެން މީހަކަށް ދޫކުރެވޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ކަނޑައެޅިފައިވާ ޖާގައިގައި ޕާކް ކުރުމަށް ހުއްދަ ދޭ ވެހިކަލް ނޫން އެހެން ވެހިކަލެއް ވެސް އެ ޖާގައިގައި ޕާކެއް ނުކުރެވޭނެ އެވެ.

މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގައި ޕާކިން އޭރިއާތައް އިތުރުކޮށް، ޕާކިން ނިޒާމް ހަރުދަނާކުރަމަށް މަސައްކަތް ކުރަމުންނެވެ.

ސިޓީ ކައުންސިލުން ބުނީ ވަރަށް އަވަހަށް ހެންވޭރު ސަރަހައްދުގެ މަގުތަކުންވެސް ޕާކިން ސަރަހައްދު ކަނޑައަޅައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކް ކުރުމަށް ދޫކުރުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top