Advertisement

ފްލައިޓެއް އެއާޕޯޓުން ނައްޓާލަނީ/ ފޮޓޯ: އޭވިއޭޝަން މޯލްޑިވްސް

ބޯޑަރު ހުޅުވާއިރު އެއާލައިންތަކުން އަމަލުކުރަންޖެހޭ އުސޫލު އާއްމުކޮށްފި

FacebookTwitterWhatsAppTelegramViber

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާއިރު، އެއާލައިންތަކާއި އެއާޕޯޓުން އަމަލު ކުރަންޖެހޭ އުސޫލުތައް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްއޭސީއޭ) އިން އާންމުކޮށްފި އެވެ.

އެއާލައިންތަކުން އަމަލު ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ދަތުރުމަތީގައި ހުރިހާ ފަސިންޖަރުން ތިބެންޖެހޭނީ މާސްކް އަޅައިގެންނެވެ. ފްލައިޓް ތެރޭގައި ވެސް ބަލީގެ މައުލޫމާތާއި ސޭފްޓީ ގައިޑްލައިން އާއްމުކުރަން ޖެހެ އެވެ.

ކޮވިޑްގެ އެއްވެސް އަލާމާތެއް ފަސިންޖަރެއްގެ ގައިން ފެނިއްޖެ ނަމަ އިމިގްރޭޝަނަށް އަންގަން ޖެހެ އެވެ. އަދި ރާއްޖޭގައި ހުއްޓާ ވެސް ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އެޗްޕީއޭ އަށް އެންގުމަށް ވަނީ އިރުޝާދު ދީފަ އެވެ.

ފަސިންޖަރުން އަނބުރާ ގައުމަށް ފުރާއިރު އަމަލު ކުރަންޖެހޭ އުސޫލުތަކުގެ ތެރޭގައި، ހުރިހާ ފަސިންޖަރުން ވެސް ޗެކްއިން ކައުންޓަރަށް ދާއިރު ކޯވިޑް-19ގެ ޓެސްޓްގެ ނަތީޖާ ދައްކުވައިދޭ މައުލޫމާތެއް އޮންނަން ޖެހެ އެވެ. އަދި ފުރާއިރު ވެސް 24 ގަޑިއިރު ހަމަނުވާ އޮންލައިން ހެލްތް ޑިކްލެރޭޝަން ފޯމެއް ފުރަންޖެހޭ ކަމަށާއި ރާއްޖޭގައި އުޅެނިކޮށް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ވީހާވެސް އަވަހަށް އެޗްޕީއޭ އަށް ރިޕޯޓުކޮށް، ފުރަން ހަމަޖެހިފައިވާ ތާރީހު ބަދަލު ކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ސިވިލް އޭވިއޭޝަން އިން އާއްމުކޮށްފައިވާ މި އުސޫލްގައިވާ ގޮތުން ރާއްޖެއަށް ދަތުރުކުރާ އިންޓަނޭޝަނަލް ފްލައިޓްތަކުގެ އިތުރުން ޑޮމެސްޓިކް ފްލައިޓްތަކުންވެސް މި އުސޫލަށް އަމަލުކުރަން ޖެހެ އެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވަން ހަމަޖެހިފައިވަނީ މި އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. މިއާއި އެކު ރިސޯޓްތައް ހުޅުވުމަށް ހުއްދަ ދޭއިރު، ގެސްޓް ހައުސްތައް ހުޅުވުމަށް ހުއްދަ ދެނީ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top