Advertisement

މވަރުލު އެއާޕޯޓް / ފޮޓޯ: މޯލްޑިވިއަން

ޖުލައި 1 ގައި މާވަރުލު ހުޅުވައި ހުރިހާ އެއާޕޯޓަކަށް ދަތުރުތައް އަލުން ފަށަނީ

FacebookTwitterWhatsAppTelegramViber

ގދ. މާވަރުލު އެއާޕޯޓަށް ޖުލައި އެކަކުން ފެށިގެން ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފި އެވެ.

މި އަހަރުގެ ކުރީކޮޅު ހުޅުވަން ތައްޔާރުވުމަށް ފަހު، ގދ. މާވަރުލު އެއާޕޯޓް ހުޅުވުން ފަސްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ.

މޯލްޑިވިއަން އިން ވަނީ މާވަރުލު އެއާޕޯޓް ހުޅުވަން ތައްޔާރުވުމާއި އެކު ފެއާއެއް ފަށާފަ އެވެ. އެގޮތުން، މާލެ/މާވަރުލު އެއްކޮޅު ޓިކެޓް 827ރ. އަށް ލިބޭ ފެއާއެއް މޯލްޑިވިއަން އިން މިއަދު ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން، މޯލްޑިވިއަން އިން ވަނީ ހުރިހާ ޑޮމެސްޓިކް އެއާޕޯޓްތަކަކަށް ޖުލައި 1 އިން ފެށިގެން ދަތުރު ކުރަން ނިންމާފަ އެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ ޖުލައި އެކެއްގައި ހުރިހާ ޑޮމެސްޓިކް އެއާޕޯޓް ތަކަށް ފެށި ނަމަވެސް ކުރިން ދަރުތުތައް ކުރިހާ އަވަސްކޮށް ނުވަތަ ގިނަ ދަތުރުތައް އަދި ނުފަށާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު ވެސް 14 އެއާޕޯޓް ހިންގަ އެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ވިލާ އިންޓަނޭޝަނަލް އެއާޕޯޓާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން، ބ. ދަރަވަންދޫ، ރ. އިފުރު، ތ. ތިމަރަފުށި، ދ. ކުޑަހުވަދޫ، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ، ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކު ޑޮމެސްޓިކް އެއާޕޯޓެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top