Advertisement

ކޮވިޑް-19 އާއި ގުޅިގެން ބޭއްވި ފަންޑްރެއިޒިން އިން 6.9 ބިލިއަން ޑޮލަރު

FacebookTwitterWhatsAppTelegramViber

ކޮވިޑް-19އާއި ދެކޮޅަށް ގައުމުންތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް އަމާޒުކޮށްގެން ބޭއްވި ފަންޑްރެއިޒިން ބައްދަލުވުމުގައި އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި އެހެން ގައުމުތަކުން ގުޅިގެން 6.15 ޔޫރޯ (6.9 ބިލިއަން ޑޮލަރު) އެއްކޮށްފި އެވެ.

މި ބައްދަލުވުމުގެ ބައިވެރިން ވަނީ ވެކްސިންއެއް ހޯދުމުން ހުރިހާ ގައުމަކަށްވެސް ހަމަ ހަމަކަމާއި އެކީ ވެކްސިން ލިބުމަށް އެދޭކަމަށް ބުނެފަ އެވެ.

އީޔޫ އެގްޒެކެޓިވް އާއި އެޑްވޮކެސީ ގްރޫޕެއް ކަމަށްވާ ގްލޯބަލް ސިޓިޒަންއިން އިސްނަގައިގެން ބޭއްވި މި ސަމިޓްގައި މައިލީ ސައިރަސް، ޖަސްޓިން ބީބާ އަދި ޝަކީރާ ފަދަ މަޝްހޫރު ތަރިންގެ ހުށައެޅުންތައް ދައްކުވައިދިން ކޮންސެޓެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓީވީ ތަކުން ދައްކާ ސްޓްރީމް ކޮށްފައި ވެ އެވެ.

40 ގައުމުން ބައިވެރިވި ސަމިޓުގައި މި ކޮމިޝަނާއި ޔޫރަޕް އިންވެސްޓްމެންޓް ބެންކުން ގުޅިގެން 5.50 ބިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ އިރު އެމެރިކާއިން 525 މިލިއަން ޑޮލަރު، ޖާމަނީއިން 383 މިލިއަން ޔޫރޯ، ކެނެޑާއިން 219 މިލިއަން ޑޮލަރު، ގަތަރުން 10 މިލިއަން ޑޮލަރު ހަދިޔާކޮށްފައި ވެ އެވެ.

މި ފައިސާ ބޭނުންކުރެވިގެން ދާނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމާއި ފަރުވާ ދިނުމާއި ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތަށާއި ދުނިޔޭގެ އެންގެ ފަގީރު އަދި އެންމެ ބާކީކުރެވިފައިވާ އާބާދީތަކަށް އެހީވުމަށެވެ.

ކޮމިޝަނުގެ ރައީސް އުރްސުލާ ވޮން ޑާ ލެޔެން ވިދާޅުވި ގޮތުގައި ވެކްސިން ބޭނުންވާ ހުރިހާ ގައުމުތަކަށް ވެކްސިން ލިބެންޖެހޭނެ ކަމަށެވެ.

"އަހަރެމެން ބާރުއަޅަމުން މިގެންދަނީ މުއްސަދި ގައުމުތަކުން އެ ގައުމަށާއި އެހެނިހެން މެދުފަންތީގެ ގައުމުތަކަށް ވެކްސިން ބެހެއްޓުމަށް،" އޭނާ ވިދާޅުވި އެވެ.

-ރޮއިޓާސް

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top