Advertisement

ރިސޯޓްތަކާއި ބިންތަކުގެ މި އަހަރުގެ ބާކީ ބައިގެ ކުލި އަހަރަކަށް ފަސްކޮށްދީފި

FacebookTwitterWhatsAppTelegramViber

ރިސޯޓްތަކުގެ ކުއްޔާއި ސަރުކާރުން ދޫކޮށްފައިވާ އެހެނިގެން ބިންތަކުގެ ކުލި އެއް އަހަރު ދުވަހަށް ފަސްކޮށްދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ރޭ ނެރުއްވި ސާކިއުލާއެއްގައިވާ ގޮތުން، މި އަހަރުގެ ތިންވަނަ ކުއާޓަރާއި ހަތަރު ވަނަ ކުއާޓަރަށް ނިސްބަތްވާ ރިސޯޓުތަކުގެ ކުލީގެ އިތުރުން، މި މަހުން ފެށިގެން އަންނަ ޑިސެންބަރުގެ ނިޔަލަށް ދައްކަންޖެހޭ ބިމު ކުލި 1 ޖޫން 2021 އިން ފެށިގެން ދެއްކުމަށް ވަނީ ފަސްކޮށްދީފަ އެވެ.

ފިނޭންސް އިން ބުނީ، ފަސްކޮށްދޭ ކުލި އަނބުރާ ދައްކަންވާނީ އެއް އަހަރުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ.

މިގޮތުން، ކުލި ދައްކަނީ ތިން މަހުން އެއްމަހު ކަމަށްވާ ނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 4 ކުއާޓަރަށް ބަހާލައިގެންނެވެ. އެއީ ޖޫން 2021، ސެޕްޓެންބަރު 2021، ޑިސެންބަރު 2021 އަދި މާޗު 2022 ގައި ފައިސާ ދައްކާ ގޮތަށެވެ.

ކުލި ދައްކަނީ މަހުން މަހުން ނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކަށް ޖެހޭ ވަރެވެ.

ފިނޭންސް އިން ބުނީ ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގެ ތެރޭގައި ޖޫރިމަނާއެއް ނުހިނގާނެ ކަމަށެވެ. އެހެން ނަމަވެސް، 1 ޖޫން 2021 އިން ފެށިގެން އެ ފައިސާ ދައްކަމުން ނުދާ ނަމަ، ޖޫރިމަނާ އާއި އިންޓަރެސްޓް އަރާނެ ކަމަށް ފިނޭންސް އިން ބުންޏެވެ.

"ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު އިގުތިސާދަށް ދިމާވެފައިވާ ތަދުމަޑުކަމާއި، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށް ދަތިވެ، ވިޔަފާރި އާއި ރައްޔިތުންނަށް މާލީ ހީނަރުކަމާ ވަނީ ކުރިމަތިލާން ޖެހިފައި އެވެ. އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެހީވުމަށާއި ވިޔަފާރި ދެމެހެއްޓުމަށްޓަކައި ސަރުކާރުން މާލީ އެހީތެރިކަމާއި އިތުރު ލުއިތައް މިދަނީ ފޯރުކޮށްދެމުންނެވެ،" ސާކިއުލާގައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top