Advertisement

ކިމްގެ ކޮސްމެޓިކްސް ބްރޭންޑުން 200 މިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލައިފި

FacebookTwitterWhatsAppTelegramViber

ރިއަލިޓީ ޓީވީ ސްޓާރެއް ކަމަށްވާ ކިމް ކާޑޭޝިއަން ވެސްޓް އޭނާގެ ކޮސްމެޓިކްސް ވިޔަފާރީގެ 200 މިލިއަން ޑޮލަރުގެ ހިއްސާ ފްރާންސްގެ ބިއުޓީގެ ބޮޑު ނަމެއް ކަމަށްވާ ކޯޓީއަށް ވިއްކާލައިފި އެވެ.

މިކަމާއި ގުޅޭ ގޮތުން ކިމް ބުނެފައިވާ ގޮތުގައި މި ޑީލްގެ ސަބަބުން އޭނާއަށް ބޮޑު އޯޑިއަންސްއަކާއި ހަމަޔަށް ވާސިލްވާން މަގުފަހިވެގެން ދާނެ ކަމަށާއި ހިއްސާ ވިއްކާލިނަމަވެސް ކްރިއޭޓިވް ކޮންޓްރޯލް އޮންނާނީ އޭނާގެ އަތުގައި ކަމަށެވެ.

ކިމް ކާޑޭޝިއަން އަކީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ ޝަހްސިއްޔަތެކެވެ. އޭނާގެ އަމިއްލަ މީސްމީޑިއާ ޕްލެތްފޯމްތަކުގައި 300 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ.

ޖެނުއަރީ މަހުގެ ތެރޭގައި ކޯޓީއިން ވަނީ ކިމްގެ އެއްބަނޑު ކޮއްކޮ، ކައިލީ ޖެނާގެ ބްރޭންޑްތަކުންވެސް 600 މިލިއަން ހިއްސާ ގަނެފަ އެވެ.

ކައިލީ ފަދައިން ކިމްވެސް މަޝްހޫރުވެފައިވަނީ 2000 ގެ ކުރީކޮޅު މަޝްހޫރު ކަން ހޯދި ރިއަލިޓީ ޝޯ ކަމަށްވާ ކީޕިންގް އަޕް ވިތް ދަ ކާޑޭޝިއަންސްއިންނެވެ.

އޭގެ ފަހުން 2017 ވަނަ އަހަރު ކިމް ވަނީ އޭނޭގެ އެންމެ ފުރަތަމަ ކޮސްމެޓިކްސް ރޭންޖް އިއުލާނުކޮށްފަ އެވެ. ކޯޓީ ޑީލްއަށް ބަލާއިރު މިހާރު އެ ބްރޭންޑްގެ އަގު 41 ބިލިއަނަށް އަރަ އެވެ.

އެ އެގްރިމެންޓްގެ ދަށުން ކޯޓީއަށް ކޭކޭޑަބްލިއުގެ 20% ހިއްސާ އޮތުމުގެ އިތުރަށް އެ ބްރޭންޑްގެ ސްކިން، ހެއާ އަދި ނެއިލް ކެއާ ޕްރޮޑަކްޓްތަކުގެ ވިޔަފާރީގެ ސޭލް ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އޮންނާނެ އެވެ.

"މި އެގްރިމެންޓްގެ ސަބަބުން އަހަރެންނަށް އެހެން ކްރިއޭޓިވް ކަންތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިއުމުގެ އިތުރަށް ކޯޓީގެ މޮޅު ވަސީލަތްތަކުގެ އެހީއާއި އެކީ އަހަރެންގެ އުފެއްދުންތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ލޯންޗް ކުރެވިގެންދާނެ." ކިމް ބުންޏެވެ.

-ބީބީސީ

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top